އަނބިން ބަލިވެއިނުމުން ހިތްދަތިކުރުވުމަކީ ލިބޭ ދަރިފުޅުގެ ސިފަބަދަލުވެ ޚަޞީލަތް ނުބައިވެ ދަރިފުޅުގެ ޞިއްހަތަށްވެސް ގެއްލުން ލިބޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
އަނބިން ބަލިވެއިނުމުން ހިތްދަތިކުރުވުމަކީ ލިބޭ ދަރިފުޅުގެ ސިފަބަދަލުވެ ޚަޞީލަތް ނުބައިވެ ދަރިފުޅުގެ ޞިއްހަތަށްވެސް ގެއްލުން ލިބޭ ކަމެއް!

އަޅުގަނޑަށް 2 ދަރިން ލިބިއްޖެއެވެ. 2 ފަހަރުވެސް ބަލިވެއިންނައިރަށް ފިރިމީހާ ގޮތްގޮތަށް އުޅެ އަޅުގަނޑު ދެރަކުރެއެވެ. އަޅުގަނޑާއިމެދު ފަރުވާކުޑަކުރެވެއެވެ.؛ ހިތުގައި ޖައްސުވައި ރޮއްވައެވެ. އެހެންވެ އަޅުގަނޑަށް އުޅެންޖެހުނީ ވަރަށް ހިތްދަތިޙާލުގައެވެ. 

މާބަނޑު ދުވަސްވަރުި ހިތްދަތިކަމުގައި އުޅެންޖެހުމަކީ އެކަމުގެ އަސަރު ދަރިންނަށް ކުރާ ކަމެއްކަމަށް ބުނާއަޑު އެބައިވެއެވެ. އެއީ ތެދެއްތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ މާބަނޑު ދުވަސްވަރު ހިތްދަތިކަމުގައި އިންނަން މައިމިހާއަށް ޖެހޭނަމަ އެކަމުގެ އަސަރު ލިބޭ ދަރިންނަށް ކުރާކަމަށް ދިރާސާތަކުން ދައްކައެވެ. ޑޮކްޓަރުންވެސް އެގޮތަށް އެކަން މެދުވެރިވާނެތީ ކަންބޮޑުވެއެވެ. މާބަނޑު ދުވަސްވަރު އަނބިމީހާ އުފަލުގައި ބައިންދަން ހިތްވަރުދީ ބާރުއަޅައެވެ. 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

އެދެމަފިރިންނަކީ ވަރަށް ލޯބިން އެކުގައި ދިރިއުޅުނު ދެމަފިރިންނެވެ. ދެމަފިރިންނަށް 5 ދަރިންވެސް ލިބި ކުދިން ބޮޑެތިވެ ކައިވެނިވެސްކޮށްފިއެވެ. އެހެންކަމާއިއެކުގައިވެސް ފިރިމީހާގެ ހިތުގައި ވަރަށް ބޮޑު ޝައްކެއް އޮވެއެވެ. 

އެޝައްކު އުފެދުނީ 4 ދަރިން ފިރިމީހާއާއި ވަރަށް ބޮޑަށް ވައްތަރުވެފައި އަނެއްދަރިފުޅު އޭނާ އާއި ވައްތަރުނުވެ މަންމައާއި ވައްތަރުވުމުންނެވެ. ކޮންމެއަކަސް ދެމަފިރިންގެ އުމުރުން 60 އަހަރާއި ގާތްވެފައިވަނިކޮށް ފިރިމީހާ މިމައްސަލަ ނަގައި އަނބިމީހާ އާއި ސުވާލުކުރިއެވެ. "އެދަރިފުޅުގެ ބައްޕައަކީ ކާކުހެއްޔެވެ؟ ހަމަ އަހަރެން ހެއްޔެވެ؟" 

އަނބިމީހާ ބުންޏެވެ. އެކަންވީގޮތް މިކިޔައިދެނީއެވެ. "އެއީ އަހަރެން އެމީހަކުދެކެ އެންމެ ލޯބިވާ އަހަރެންގެ ފިރިމީހާ ނޫން މީހެއްގެ ދަރިއެކެވެ." އެވާހަކަ ޤަބޫލުކުރަން ފިރިމީހާއަށް ވަރަށް އުނދަގޫވިއެވެ. އެހެންކަމާއިއެކުވެސް އެއީ ކާކުގެ ދަރިއެއްތޯ ސުވާލުކުރުމުން އަނބިމީހާ ވަރަށް ގިނައިރު ފޯނުހާވަހާވާފައި ދެއްކީ ފިރިމީހާ އާއި ހިލޭ އަނހެނެއްގެ ފޮޓޯތަކެކެވެ. 

ފޮޓޯތައް ދައްކާފައި ބުންޏެވެ. "އެކަންވީ ގޮތަކީ މިދުވަސްވަރު ކަލޭ ހުންނަނީ އަހަރެން ދެކެ ވަރަށް ގަދައަށް ރުޅި އައިސްގެންނެވެ. އެއިރު ކަލޭ އުޅުނީ އަހަރެންގެ ލޯބިވާ ފިރިމީހާ އުޅޭ ގޮތަކަށް ނޫނެވެ. މަކަރުވެރި ރުޅިގަދަ މީހަކަށްވެގެންނެވެ. އެހެންވެ އެއިރު ކަލެއަކީ އެހެން މީހެކެވެ. ވީމާ ލިބުނު ދަރިފުޅުގެ ސިފައާއި ޚަޞީލަތްވެސް ބަދަލުވީއެވެ. އެދަރިފުޅު ވަރަށް ރުޅިވެސް ގަދަ ނޫންހެއްޔެވެ؟ ވީމާ އެއީ ހަމަ ތަފާތު ބައްޕައަކަށް ލިބިފައިވާ ދަރިއެކެވެ. 

ދެން އޮތީ އަހަރެން ހިލޭ ފިރިހެނަކާ ޖިމާޢުވުމެވެ. ދުވަހަކުވެސް އެކަމެއް އަހަރެން ނުކުރަމެވެ. ޝައްކުވާނަމަ މާދަމާވެސް ޑީއެންއޭ ހަދައި ބަލައިލާށެވެ! އެއިރުން ޔަޤީންވާނެއެވެ." 

ފިރިމީހާ ވަރަށް ދެރަވިއެވެ. ޙައިރާންވެސްވިއެވެ. ދެރަވީ ދުވަސްކޮޅަކު ނަމަވެސް އަނބިމީހާ އެބުނި ފަދައިން އޭނާއަށް ކަންކަން ކުރެވިފައިވާތީއެވެ. ޙައިރާންވީ އެކަން އެނގިހުރެމެ އެތައް އަހަރެއްވީއިރުވެސް ޝަކުވާއެއް ނުކުރާތަނުގައި ދެނެހުރިކަމަށްވެސް ނުހަދާހުރީތީއެވެ. 

މިވާހަކަ ކިޔާފައި އަޅުގަނޑަށް ޤަބޫލުކުރެވުނީ އަނބިމީހާ އެބުނީ ހަމަތެދެއްކަމަށް ވެދާނެ ކަމަށެވެ. ސަބަބަކީ ބަލިވެ އިނދެ މައިމިހާ ކުރާ ހިތާމަތަކުގެ އަސަރު ބަނޑުގައި އޮންނަ ދަރިފުޅަށް ކުރެއެވެ. ދަރިންގެ ޞިއްޙަތަށްވެސް ބަދަލުއާދެއެވެ. މައިމީހާ ކުރާހިތާމަ ބޮޑުވުމުން ބައެއް ފަހަރު ނުކުޅެދުންތެރިކަންވެސް ލިބެއެވެ. ކުއްޖާގެ ޞިއްހަތުވެސް ދެރަވެއެވެ. އެކަން ވަރަށް ރަނގަޅަށް އަޅުގަނޑާއި އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިންގެ ތެރެއިން 3 އަނހެނަކު މިތިބީ ތަޖުރިބާކޮށްގެންނެވެ! 

އެހެންވެ މިއީ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކޮށްފާނެ ވާހަކައެއްކަމަށް ދެކެގެން ޙިއްޞާކޮށްލީއެވެ. 

- ސޮފޫރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން