ޚުޠުބާ: ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާ މީހުންނަށް، ދަރަނި ދެއްކޭނެ ގޮތް، މާތް ﷲ މިންވަރުކޮށްދެއްވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 16ސ
ޚުޠުބާ: ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާ މީހުންނަށް، ދަރަނި ދެއްކޭނެ ގޮތް، މާތް ﷲ މިންވަރުކޮށްދެއްވާނެ!

ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމް ދީން ހުއްދަކުރާ ކަމެކެވެ. ނަމަވެސް ދަރަނި ނަގާން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައެވެ. ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތަކު ނޫނެވެ. އަދި ދަރަނި އަދާކުރާން އަވަސްވެގަތުމަކީ، ދަރަނި ނެގި ފަރާތަށާއި، ދަރަނި ދޫކުރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތެވެ. 

ބޮޑެތި ދަރަނިތައް ނަގާން ވާނީ، އެ ފަދަ ދަރަނި އަދާކުރާނެ ގޮތުގެ ޙިކުމަތްތެރި ރޭވުމެއް އޮވެގެންނެވެ. ދަރަނި ނުދެއްކި، ޝަރީޢަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެ ކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ނަގައިލެވޭ ކަމަކަށް އެކަން ވެގެންނެއް ނުވާނެއެވެ. އެ ފަދަ ދަރަންޏެއް ނެގުމަށް ވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާ އެއްވަރަށް ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދުކުރުމެވެ. 

ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާ މީހުންނަށް، ދަރަނި ދެއްކޭނެ ގޮތް، މާތް މިންވަރުކޮށްދެއްވާނެއެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَخَذَ أَمْوَالَ النَّاسِ يُرِيْدُ أَدَاءَهَا أَدَّى اللهُ عَنْهُ، وَمَنْ أَخَذَ يُرِيْدُ إِتْلَافَهَا أَتْلَفَهُ اللهُ)[1] މާނައީ: "އަނބުރައި ދެއްކުމުގެ ނިޔަތުގައި، މީސްތަކުންގެ އަތުން (ދަރަންޏަށް) މުދައު ނަގާ މީހާއަށް، اللهُ تَعَالَى، އެ ދަރަނި އަދާކުރުމުގެ މަގު ފަހިކޮށްދެއްވާނެތެވެ. އަދި އެ މުދައު ނެތިކޮށްލުމުގެ ނިޔަތުގައި، ދަރަނި ނަގާ މީހާއަށް ގެއްލުމާއި ހަލާކު މިންވަރުކުރައްވާނެތެވެ."   

ދަރަނި ނުދައްކައި ލަސްކުރުމަކީ، ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެކެވެ. ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާނެ ކަމެކެވެ. އަދި ދަރަނި ނަގަނީ ބައިތުލްމާލުންކަމުގައި ވަނީ ނަމަ، އެއީ އެންމެހައި ރައްޔިތުންގެ ޙައްޤުތައް އޭގައި ހިމެނޭ ދަރަންޏެކެވެ. އެހެންވެ، އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެކެވެ. ރަސޫލު الله z ޙަދީޘްކުރައްވައިފައި ވެއެވެ. (مَطْلُ الْغَنِيِّ ظُلْمٌ)[2] މާނައީ: "ދަރަނި ދެއްކޭ ޙާލު، އެ ދަރަނި ނުދައްކައި ދިގުދެންމުމަކީ އަނިޔާއެކެވެ!" 

ދަރަނީގެ މުޢާމަލާތަކީ، ޝަރުޢީ ޙުކުމްތަކެއް ހުރި ކަމެކެވެ. ދަރަނީގެ މުޢާމަލާތެއް ކުރާ އިރު، އެ ކަމާ ބެހޭ ލިޔެކިޔުމާއި، ހެކި ހުންނާން ޖެހޭނެއެވެ. ކީރިތި ޤުރްއާނުގައި ވަނީ، އެކަންކަމަށް އަމުރުކުރައްވައިފައެވެ. ފުރަތަމަ ކަމަކީ، އެ ކަމާބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުމެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އޭ إيـْمَانވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ مُدَّةއަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ مُعَامَلَةއެއް ކޮށްފި ނަމަ، ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ!" އަދި މި މުޢާމަލާތު ހިންގި އިރު، އެ ކަން ހިނގިކަން ކަށަވަރުކޮށްދޭ ހެކީން ބޭތިއްބުމަށް ވެސް ވަނީ އަމުރުކުރައްވައިފައެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---  މާނައީ: "އަދި، (މިފަދަ ކަންކަމުގައި) ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ދެ ހެކީން ތިޔަބައިމީހުން ހެކިކުރާށެވެ! އެ ދެ ހެކީންނަކީ، ދެ ފިރިހެނުންކަމުގައި ނުވި ނަމަ ފަހެ، ހެކީން ކުރެ ތިޔަބައިމީހުން ރުހޭ މީހުންގެ ތެރެއިން (އެބަހީ: عدلވެރި مسلمންގެ ތެރެއިން) ފިރިހެނަކާއި ދެ އަންހެނުންނެވެ." އަދި ދަރަނީގެ އެއްބަސްވުން ލިޔާނެ މީހަކު ނެތްޙާލަތެއް ގައި، އިތުބާރެއްގެ ގޮތުން، ރަހުނެއް ބާއްވާން ވެސް ވަނީ އަމުރުކުރައްވައިފައެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތިޔަބައިމީހުން (ދަރަނީގެ مُعَامَلَةއެއް ކުރާހިނދު) ދަތުރެއްގެ މަތީގައިވެފައި، ލިޔާނެ މީހަކު ތިޔަބައިމީހުންނަށް ނުލިބުނު ނަމަ، ފަހެ، އަތުގައި ބާއްވާ ރަހުނެއް ދޭހުށިކަމެވެ!" މި އާޔަތްތަކުގެ މާނައިން ދޭހަވާ ގޮތުގައި، ދަރަނީގެ މުޢާމަލާތުތައް މިހައި ފުރިހަމައަށް ހިންގުމަށް އަންގަވައިފައި އެ ވަނީ އެ ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. 

މިއަދު އޮންލައިން