ތަނަވަސް ދިރިއުޅުން ފޭލްވެ ތަނަވަސްކަންކުޑަ ދިރިއުޅުމެއް އުޅެންޖެހިއްޖެނަމަ އުފާވެރިކަމުގަ ހުރެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ތަނަވަސް ދިރިއުޅުން ފޭލްވެ ތަނަވަސްކަންކުޑަ ދިރިއުޅުމެއް އުޅެންޖެހިއްޖެނަމަ އުފާވެރިކަމުގަ ހުރެވޭނެ މަގު-

ދިރިއުޅުމާއިމެދު ފުންކޮށް ވިސްނާ މީހަކަށް އުފަލުގައި ދިރިނުއުޅެވޭނެ މާޙައުލެއް ނުވެއެވެ. އެހެންވެ ފުރަތަމަ ކަމަކަށް ދިރިއުޅުމާއިމެދު ފުންކޮށް ވިސްނުމަކީ ކޮބައިކަމާއިމެދު ވިސްނައިލަމާހެއްޔެވެ؟ 

ދިރިއުޅުމާއިމެދު ފުންކޮށް ވިސްނުމަކީ ތިމާގެ ބުއްދިއާއި ފިކުރު އިސްކޮށްގެން ދިރިއުޅެވޭނެ ގޮތެއް ހޯދުމެވެ. ސިކުނޑިއަށް ބުރަކޮށްގެން އަބަދު އުޅެން ނުޖެހި ސިކުނޑިއަށް އަރާމުކޮށްދީގެން ދިރިއުޅެވޭނެ ގޮތަކަށް ދިރިއުޅުމެވެ. 

މިޘާލަކަށް ބައިވެރިޔާއަކީ ވަރަށް ތަނަވަސް މީހަކަށްވެދާނެއެވެ. ނަމަވެސް އޭނާއާއިއެކު އަބަދު މައްސަލަތަކުގެ ތެރޭގައި އުޅެންވެއްޖެނަމަ ސިކުނޑިއަށްވާނެ ގޮތަކާއިމެދު ވިސްނާށެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނަފްސާނީ ބައްޔަށް ބޭސްކުރަންޖެހުން އޮންނާނީ ދާދި ގާތުގައެވެ. 

އެއިގެ ބަދަލުގައި ދެވަނައަށް ލިބުނު ބައިވެރިޔާއަކީ ތަނަވަސްކަން ކުޑަ މީހަކަށްވީ ނަމަވެސް އޭނާގެ ކިބައިން ނުވަތަ ދިރިއުޅޭ މާހައުލުން ލިބެނީ ލޯތްބާއި އަޅައިލުމާއި އުފާވެރިކަންނަމަ ސިކުނޑިއަށް ވަރަށް ފަސޭހަވާނެއެވެ. ވިސްނަންޖެހޭ ކަންކަން މަދުވާނެއެވެ. ކަންބޮޑުވާންޖެހޭ ކަންކަން މަދުވާނެއެވެ. އަބަދުވެސް އުފަލުގައި ހުރެވޭނެއެވެ. 

ކަމުގެ ޙަޤީޤަތަކީ މިއީނަމަވެސް އެންމެ ގިނަބައަކު ފޭލްވަމުން އަންނަނީ މިޙާލަތުގައެވެ. ތަނަވަސް ދިރިއުޅުމެއްގައި ދިރިއުޅެފައި ފަހުން ތަންކޮޅެއް ނިކަމެތި ޙާލަތުގައި ދިރިއުޅެން ޖެހުމުންނެވެ، އެކަން އެހެންއެވަނީ ކުރިން ދިރިއުޅެވުނު ތަނަވަސްކަމާއިމެދު ވިސްނޭތީއެވެ. ނަމަވެސް މިކަމާއިމެދު ތަންކޮޅެއް ފުންކޮށް ނިކަން ވިސްނައިލަބަލާށެވެ! 

ތެދެކެވެ. ތިބާ ކުރިން ދިރިއުޅުނީ ވަރަށް ތަނަވަސް ކަމާއިއެކުގައެވެ. ނަމަވެސް އެކަމުން ތިބާއަށް ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟ ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ތިބާ ތިއަވަނީ އެދިރިއުޅުމާއި ވަކިވާންޖެހިފައެވެ. ވީމާ ވިސްނައިލާށެވެ! އެތަނަވަސް ދިރިއުޅުމުން ތިމާއަށް ކުރި އެއްވެސް ފައިދާއެއް ނުކުރިކަމާއިމެދުގައެވެ. އަދި އެއިރު ސިކުނޑިއަށް އުފުލަންޖެހުނު ބުރަތަކާއިމެދުގައެވެ. މިހާރު މިހުރެވޭ އުފާވެރިކަމާއިމެދުގައެވެ. 

މިވިސްނުމުން ވިސްނައިފިނަމަ ކުރީގެ ތަނަވަސް ދިރިއުޅުމުގެ މަތިން ފޫހިވެވި ދާދި އަވަހަށް ހަނދާންވެސް ނެތިގެންދާނެއެވެ. ހަނދާންވީ ނަމަވެސް ކުރެވޭނީ ނަފްރަތެވެ. އަދި އެދިރިއުޅުމަށް އަލުން އެނބުރިދާން ބޭނުމެއްވެސް ނުވާނެއެވެ. 

އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން