ތިމާއަށް ކިތަންމެ ބޮޑު ގެއްލުމެއްދިނަސް އެމީހަކަށް މާފުނުކޮށް ހަސަދަލައިގެން އުޅުމަކީ ބިރުހުރިކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތިމާއަށް ކިތަންމެ ބޮޑު ގެއްލުމެއްދިނަސް އެމީހަކަށް މާފުނުކޮށް ހަސަދަލައިގެން އުޅުމަކީ ބިރުހުރިކަމެއް!: މުފްތީ މެންކް

ވަކިވަރެއްގެ ގެއްލުމެއް ނޫނެވެ. ތިމާއަށް ކިތަންމެ ވަރަކަށް ހަސަދަލައި ކިތަންމެ ބޮޑު އަނިޔާއެއް ނުވަތަ ގެއްލުމެއްދީފައި އޮތްނަމަވެސް އެމީހަކަށް މާފުކުރަން އަވަސްވެގަންނާށެވެ! އެހެނީ ވަކި މީހަކަށް ނޫނެވެ. އެއްވެސް މީހަކަށް މާފުނުކޮށް ހުއްޓައި ތިމާ މަރުވެއްޖެނަމަ އެއީ މާބޮޑުކަމެކެވެ. 

އެންމެންނަށްވެސް އެނގޭނެ ފަދައިން ޝިރުކުކުރާ މީހުން އެމީހަކު މަރުވުމުގެކުރިން ތައުބާ ނުވެއްޖެނަމަ އެމީހެއްގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. އަދި އެއިގެ އިތުރުންވެސް ސުވަރުގެ ނުވައްދަވާނެ ކަމުގެ ބިރު އޮތް ބައެއް ބާވަތުގެ މީހުން އެބަތިއްބެވެ. އެއިގެ ތެރޭގައި ޖުމުލަ 6 ބާވަތެއްގެ މީހުން ހިމެނެއެވެ. 

ކުރިން މިބުނި ފަދައިން މީސްތަކުންނަށް މާފުނުކުރުމަކީ އެއިގެ ތެރެއިން ހިމެނޭ ކަމެކެވެ. ތިބާއަށް ގެއްލުންދިނީ ކާކުތޯ؟ ދިނީ ކިހާވަރެއްގެ ގެއްލުމެއްތޯ ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަކީ ކޮބައިތޯ ވިސްނަންވެސް ފުރުޞަތެއް ނެތެވެ. އޮތީ އަވަހަށް އޭނާއަށް މާފުކުރުމެވެ. 

އޭނާގެ ކިބައިން ލިބުނު ގެއްލުމުގެ ކަންކަން ﷲ ތަޢާލާއަށް ދޫކޮށްލާށެވެ! އެކަލާނގެ އެކަންކަމަށް ފައިޞަލާ ކުރައްވަވާނެތެވެ. ޢަދުލުވެރިކަމާއިއެކު ބަދަލުދެއްވަވާނެތެވެ. ހަމައެއާއެކު މީސްތަކުންނަށް މާފުކުރާ މީހުންނަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވަތެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ އަޅަކު ނަރަކައަށް ނުވައްދަވާހުއްޓެވެ. އެއިރުން ބޭނުންވާނެ ހުރިހާ ކަންކަން ލިބިނިމުނީއެވެ. އިތުރަށް ބޭނުންވާނެ ހަމައެއްވެސް ކަމެއް ނުއޮންނާނެއެވެ. އިން ޝާ ﷲ 

ވީމާ މިބަޔާންކުރި ކުރުބަސްކޮޅުންވެސް މިކަންކަން އޮތް މަގު ސާފުވެގެންދާނެ ކަމަށް އުންމީދުކުރަމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން