ތިމާގެ ބޭނުންތައް ނުފުދި، ކަންކަމަށް ދަތިވެގެން އުޅެންޖެހޭނަމަ މިއާޔަތަށް ޢަމަލުކުރެވޭވަރާއިމެދު ވިސްނާލުން ވަރަށް މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ތިމާގެ ބޭނުންތައް ނުފުދި، ކަންކަމަށް ދަތިވެގެން އުޅެންޖެހޭނަމަ މިއާޔަތަށް ޢަމަލުކުރެވޭވަރާއިމެދު ވިސްނާލުން ވަރަށް މުހިންމު!

ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ.

"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިއަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިއަބައިމީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ." އިބްރާހީމް: 7)

ﷲ ތަޢާލާ ނިޢްމަތްތައް ދެއްވެވުމުން އެމީހުން ކުރިން ކުރަމުން އައި ބައެއް އަޅުކަން ކުރުން ހުއްޓާލައި އަޅުކަމާއި ދުރުހެލިވެ، ކުރާ އަޅުކަން ނުވަތަ އަޅުކަން ކުރުން މަދުކުރާ ބައަކުވެސް އުޅެއެވެ. މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

އެހެނީ އެމީހަކަށް އެ ނިޢްމަތްތައް އެދެއްވެވީ އެމީހަކު ކުރަމުން އައި ކޮން އަޅުކަމެއް ނުވަތަ ހެޔޮ ޢަމަލަކާއި ގުޅިގެން ކަމެއް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. ވީމާ ތިމާއަށް ހުއްޓައިލެވުނީ ތިމާއަށް އެންމެ ބޮޑަށް ފައިދާކުރި ހެޔޮ ޢަމަލުކަމުގައި ވެއްޖެ ނަމަ އެކުރެވުނީ ކިހައި ދެރަކަމެއް ހެއްޔެވެ؟

ވީމާ ﷲ ތަޢާލާ އެއްވެސް ނިޢްމަތެއް ދެއްވަވައިފިނަމަ ޝުކުރުވެރިވުމުގެ ގޮތުންވެސް ކުރަން އޮތް ކަމަކީ އަޅުކަންކުރުން ގިނަކުރުމެވެ. މަދުކުރުމެއް ނޫނެވެ! އަބަދުވެސް ވިސްނަންވީ ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެ ކަމަށް އޮތް އާޔަތަށެވެ.

އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. އެއީ ބަދަލުވާނެ ޙަޤީޤަތެއް ނޫނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން