ލިބޭ މިންވަރު މަދުވިނަމަވެސް އެއިގަ ﷲ ބަރަކާތް ލައްވަވައިފިނަމަ ފުދިގެން އުޅެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ލިބޭ މިންވަރު މަދުވިނަމަވެސް އެއިގަ ﷲ ބަރަކާތް ލައްވަވައިފިނަމަ ފުދިގެން އުޅެވޭނެ!: މުފްތީ މެންކް

ޙަރާމް ގޮތުގައި ތަނަވަސްކަން އިތުރުކުރި ނަމަވެސް އެއިން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. ދުނިޔެ ދޫކޮށްފައި ދާން ޖެހޭނީ އެތަކެތި ދޫކޮށްފައެވެ. އެކަން ކޮންމެ މީހަކުވެސް ޤަބޫލުކުރަން ޖެހޭނެ އެވެ. ކޮންމެ ދުވަހަކުހެން ލޮލަށް ފެންނަމުން އަންނަ ކަމަކަށްވާތީއެވެ.

ލިބޭ އާމްދަނީ މަދު ނަމަވެސް އަދި މުސާރަ ކުޑަ ނަމަވެސް އެއިގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައިފިނަމަ ފުދިގެން އުފަލުގައި ދުނިޔޭގައި އުޅެވޭނެ އެވެ. އަދި ކިތަންމެ ގިނައިން ލިބުނަސް އެއްޗެއްގައި ބަރަކާތް ނުލައްވަވާނަމަ އެއިން ކުރާނެ ޙަޤީޤީ ފައިދާއެއް ނެތެވެ. ލިބޭނެ ހިތްހަމަޖެހުމެއްވެސް ނެތެވެ.

ޔަޤީންކުރަންވީ ﷲ ބަރަކާތް ލައްވަވާނީ ޙލާލުގޮތުގައި ހޯދާތަކެތިގައި ކަމެވެ.

އާޚިރަތް ކާމިޔާބުކުރުމަށްޓަކައި ތިމާ ކައިބޮއި އަދި ބޭނުންކުރާ ތަކެއްޗަކީ ޙަލާލް ތަކެތި ކަމަށް ހެދުމަކީ ސުވަރުގެ ޙާޞިލުކުރުމަށްޓަކައިވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި އެމީހާގެ ބަނޑަށް ލީ ތަކެއްޗާއި އާމްދަނީ ހޯދި ގޮތާއިމެދު ކޮންމެ މީހަކުވެސް ޤިޔާމަތް ދުވަހުން ޖަވާބުދާރީވާން ޖެހޭނެ އެވެ.

ކޮންމެ މީހަކީވެސް އެމީހެއްގެ ބަނޑު ފުރަންޖެހޭނެ މީހެކެވެ. ދުނިޔޭގެ އެންމެންވެސް އެކަމަށް މަސައްކަތްކުރާނެއެވެ. ކިތަންމެ ބޭނުންވި ނަމަވެސް ބަނޑު ފުރަންޖެހޭނީ ޙަލާލުގޮތުގައި ހޯދާތަކެތިންނެވެ. ކޮންމެ ހާލަތެއްގައިވެސް ޙަރާމް އެއީ ޙަރާމް ކަމުގައި ނޫނީ ނުވާނެއެވެ. ޙަލާލް ވާނީ ޙަލާލް ގޮތުގައި ހޯދާތަކެއްޗެވެ.

--މުފްތީ މެންކުގެ ޚުޠުބާއަކުން

މިއަދު އޮންލައިން