މުސްލިމަކަށްވުމަކީ އަބަދު އަޅުކަން ކުރުމުގައި ހުންނަންޖެހޭ ސަބަބެއް ނޫނެވެ. އެހެންވެ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކޮންމެ ކަމެއް ކުރުންވެސް ލައްވަވާފައިވަނީ އަޅުކަންކުރުމުގެ ތެރެއިންނެވެ. ޙަރާމް ކުރެއްވެވި ކަމެއް ނުކޮށް ހުއްދަކުރެއްވެވި ކަންކަން ކުރުންމަތީގައި ހުންނަނަމަ އެމީހަކަށް އަބަދުވެސް އެހުރެވެނީ އަޅުކަންކުރުންމަތީގައެވެ.
މިހެން މިބުނަނީ އުފާކުރުމަކީ ކޮށްގެން ނުވާނެ ކަމެއް ކަމަށް ބައަކު ދެކޭތީއެވެ. އެއީ އެކަން އޮތް ގޮތެއް ނޫނެވެ. މުސްލިމުންނަކީވެސް ހީނއުފާކުރަންޖެހޭނެ ބައެކެވެ. ނަމަވެސް އެކަމަށް ކަނޑައެޅިގެންވާ އިންތަކުގެތެރެއިންނެވެ.
ގަދަ ހިނިގަނޑު ޖަހައި އުފާކުރާ މީހުން ވަރަށް ގިނައެވެ. ކޮފީ މޭޒުތަކުގަ އާއި މަގުތައް މަތީގައިވެސް ހުނުމުގެ އަޑު ދަނީ ގަދަވަމުންނެވެ! އަދި ގޭގޭގައިވެސްމެއެވެ.
އެފަދަ މީހުން މި ޙަދީޘްފުޅަށް ވިސްނައިލާށެވެ!
Prophet Muhammad (ﷺ) said,
"By Him in Whose Hand Muhammad's soul is, if you knew, what I knew, you would cry lots and laugh little."
Sahih al-Bukhari 6637
މި ޙަދީޘްފުޅުގައި އެވަނީ "ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަންކަން ތިއަބައިމީހުންނަށް އެނގޭނަމަ/ އެނގޭނެ ނަމަ ރުއިން ގިނަކުރާނެ ކަމަށެވެ. އަދި ހުނުން މަދުކުރާނެ ކަމަށެވެ."
ހިނިތުންވުމާއި ހުނުމަކީ ތަފާތު ދެ ކަމެކެވެ. ހިނިތުންވުމަކީ ޞަދަޤާތެކެވެ. ގަދަހުނުން ހުނުމަކީ ޝައިޠާނާ އުފާކުރާ ކަމެކެވެ.
އިބްން މާޖާ ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "މާބޮޑަށް ނުހޭށެވެ! އެއީ ތިބާގެ ހިތް (ރޫޙާނީ ގޮތުން) މަރުވާ ކަމެކެވެ." މާނައަކީ އީމާންކަން ކުޑަވެ ތަޤްވާވެރިކަމާއި ދުރަށް މީހާ ގެންދާނެ ކަމެއްކަމެވެ!
މުސްލިމުންނަށް އޮތުމަކީ ހުނުމާއި މަޖާކުރުމުގައި ވަގުތުތައް ހޭދަކުރުމެއް ނޫނެވެ. އެހެނީ ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދުލުން ހެޔޮ ބަސްތައް ބުނުން ގިނަކުރުމަށާއި ހެޔޮ ބަހެއް ނޫނީ ނުބުނުމަށެވެ. ނޫން ނަމަ ހަނުހުރުމަށެވެ.
ވީމާ އަޅުގަނޑުމެންގެ ކޮންމެ އަމަލެއްވެސް އިސްލާމް ދީނުގައި އޮތް ގޮތަށް ބަހައްޓަން ގަދައަޅައި މަސައްކަތްކުރާށެވެ! އާޚިރަތް ލިބިގަންނަން މަސައްކަތްކުރުމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން