ދުނިޔޭގެ އެންމެ ތަނަވަސް މީހުންގެ ތެރޭގަ ހިމެނޭ މިމީހާ އެދައްކާ ވާހަކަ ޤަބޫލުކޮށް ޢަމަލުކޮށްފިނަމަ ކޮންމެ ދެމަފިއަކަށްވެސް އުފަލުގަ އުދުހެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދުނިޔޭގެ އެންމެ ތަނަވަސް މީހުންގެ ތެރޭގަ ހިމެނޭ މިމީހާ އެދައްކާ ވާހަކަ ޤަބޫލުކޮށް ޢަމަލުކޮށްފިނަމަ ކޮންމެ ދެމަފިއަކަށްވެސް އުފަލުގަ އުދުހެވޭނެ! އިން ޝާ ﷲ

އަހުރެންނަކީ މިއަދު ދުނިޔޭގެ އެންމެ ތަނަވަސް މީހުންގެ ލިސްޓުގައި ހިމެނޭ މީހަކީމެވެ. ބޭންކް އެކައުންޓްތަކުގައި ފުރެންދެން ފައިސާ އެބަހުއްޓެވެ. މިލްކުގައި ހުރި ތަކެތީގެ އަދަދެއް އަދި އަގެއް ޔަޤީންކަމާއިއެކު ބުނަންވެސް ނުއެނގެއެވެ. މާނައަކީ އަހުރެން މިހުރީ ހަމަ ހިތް ފުރިގެންނެވެ. 

ނަމަވެސް ދުނިޔޭގެ ކުރިމަތީގައި އަހުރެންނަކީ ވަރަށް ފަޤީރު މީހެކެވެ. އަދި ވަރަށް ނުކުޅެދޭވެސް މީހެކެވެ. ސަބަބަކީ އަހުރެންގެ އިނީ އެންމެ އަންތބެކެވެ. އަދި އޭނާ ނޫން އެއްވެސް އަންހެނަކާއިއެކު އަހުރެން ލޯބީގެ އެއްވެސް ގުޅުމެއް ދުވަހަކުވެސް ހިންގާފައެއް ނުވާނެއެވެ. ޒިނޭކޮށްފައެއްވެސް ނުވާނެއެވެ. 

އަހުރެންނަށް ވިސްނޭގޮތުން ގިނަ އަންހެނުންނާއި ގުޅުން ހިންގުމުން ލިބޭ އެއްވެސް ފައިދާއެއް ނެތެވެ. ލިބޭނެ އިތުރު އުފާވެރިކަމެއްވެސް ނެތެވެ. ޖެހުނިއްޔާ ޖެހޭނީ އިތުރު ތަކްލީފެއް އުފުލާށެވެ! 

އަހުރެން މިގޮތް އިޚްތިޔާރުކުރި ސަބަބުވެސް ބުނެލާނަމެވެ. ފުރަތަމަ ސަބަބަކީ އަހުރެންނަކީ ދުނިޔެއަށް އުފަންވިއިރު ނިކަމެތި ފަޤީރެކެވެ. މާނައަކީ މައިންބަފައިންނަކީ ފަޤީރުންނެވެ. އުޅެބޮޑުވީވެސް ފަޤީރު ޙާލުގައެވެ. ކައިވެނިކުރީވެސް ހަމަ ފަޤީރު ޙާލުގައި ހުރެއެވެ. ވީމާ އަހުރެންގެ މަސައްކަތްކުރިއަރައި ގޮސް މިފެންވަރަށް އައުދެވިފައި މިވަނީ އަހުރެންގެ ނަޞީބުގަދަކަމުން ކަމެއް ނުވަތަ އަނބިމީހާގެ ނަޞީބު ގަދަކަމުން ކަމެއް އަހުރެންނަކަށް ނުއެނގެއެވެ. 

ދެވަނަ ސަބަބަކީ އަހުރެން އަނބިމީހާއަށް ތެދުވެރިފަދައިން އަނބިމީހާވެސް އަހުރެންނަށް ތެދުވެރިކަން އަހުރެންނަށް ޔަޤީންކުރެވޭކަމެވެ. ތިމާއަށް ވަފާތެރި، ފަޤީރު ޙާލުގައި ތިމާއާއިއެކުގައި ހުރި އަންތބެއްގެ ހިތުގައި ޖައްސުވާފައި ޙަޤީޤީ އުފާވެރި ދިރިއުޅުމެއް ހޯދުނު ހަމައެކަކާއިވެސް އަހުރެންނަކަށް ބައްދަލުވެފައެއް ނެތެވެ. 

ދެން މިވަރުން ފުއްދައިލާށެވެ! ޢިބްރަތެއްވާނަމަ ޙާޞިލުކުރާށެވެ! 

ދުނިޔޭގެ އެންމެ ތަނަވަސް މީހުންގެ ލިސްޓުގައި ހިމެނޭ މީހަކު ބުނެފައިވާ ބަސްކޮޅެކެވެ. 

މިއަދު އޮންލައިން