ނަމާދު ފުރިހަމަ ނުކުރެވެނީސް އިރު އަރާފާނެ ކަމަށް ނުވަތަ އިރު އޮއްސިދާނެ ކަމަށް ބިރުގަނެ އަވަސްއަރުވާލައި ތެޅިފޮޅިނުގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ނަމާދު ފުރިހަމަ ނުކުރެވެނީސް އިރު އަރާފާނެ ކަމަށް ނުވަތަ އިރު އޮއްސިދާނެ ކަމަށް ބިރުގަނެ އަވަސްއަރުވާލައި ތެޅިފޮޅިނުގަންނާށެވެ!

ނަމާދު ފުރިހަމަ ނުކުރެވެނީސް އިރު އަރާފާނެ ކަމަށް ނުވަތަ އިރު އޮއްސިދާނެ ކަމަށް ބިރުގަތުމެއް ނެތެވެ! ނަމަވެސް މީގެ މާނައަކީ ނަމާދުގެ އެންމެ ފަހު ވަގުތު ނަމާދުކުރަން މަޑުކުރުމެއް ނޫނެވެ. އޮތީ އެންމެ ކުރިއާލައި ނަމާދުކުރުމެވެ. އެހެން އެއްވެސް ގޮތެއް އޮއްވައި ޖަމާއަތުގައި ބައިވެރި ނުވެ ދޫކޮށްލުމެއްވެސް ނެތެވެ.

ނަމަވެސް މީހެއްގެ ޙާލަތު ދިމާވާގޮތުން ވަގުތު ލަސްވި ނަމަވެސް ބިރު ނުގަނެ އަވަހަށް ނަމާދުކުރާށެވެ! އެހެނީ އަބޫހުރައިރަތުގެ ފާނުގެ އަރިއަހުން ރިވާވެގެންވާ ޙަދިޘްފުޅެއްގެ މާނައިގައިވެއެވެ.

"ތިއަބައިމީހުންގެ މީހަކަށް އިރުއޮއްސުމުގެ ކުރިން ޢަޞްރު ނަމާދުގެ ރަކްޢަތެއް ލިބިއްޖެ ނަމަ އޭނާގެ ނަމާދު ފުރިހަމަކުރާހުށިކަމެވެ. އަދި އިރު އެރުމުގެ ކުރިން ފަތިސް ނަމާދުގެ ރަކްޢަތެއް ލިބިއްޖެ ނަމަ އޭނާގެ ނަމާދު ފުރިހަމަކުރާހުށިކަމެވެ." (ޞަޙީޙް ބުޚާރީ: 556)

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމަ އެއްވެސް ގޮތެއް ނެތިގެން ނޫނީ ނަމާދު މިހައި ލަސް ނުކުރާށެވެ! ވީހައި ކުރީކޮޅުގައިކުރާށެވެ! އެނަމާދެއްގެ ވަގުތުގައި ވގުތު އޮވެގެން ނަމާދުކުރާށެވެ. ނަމާދުކުރުމުން ލިބެން އޮތް ސަވާބު ފުރިހަމައަށް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަން މިނަން އެންމެ ރަނގަޅު މިންގަނޑަކީ އެމީހަކު ނަމާދުކުރުމަށް ދޭ ސަމާލުކަމެވެ.

ހަމަކަށަވަރުން ނަމާދަށް އަވަސްވެގަންނަ މީހާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި އަވަސްވެގެންފިއެވެ. ފަރުވާކުޑަކުރާ މީހާ ﷲ ތައާލާގެ އެންގެވުމަށް ފަރުވާކުޑަކޮށްފިއެވެ. ވީމާ ﷲ ތަޢާލާ ގެ އެންގެވުމަށް އިޖާބަ ދިނުމުގައި އަވަސްވެގަންނަ މީހަކަށްވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން