ދުވަހަކަށްވުރެ ދުވަހެއް ނަރަކައިގެ ހޫނު ދުނިޔެއާ ކައިރިވަނީ! ސައިންސާ ޓެކްނޮލޮޖީއަށް ކުރެވޭނެ އެއްވެސްކަމެއް ނެތްކަން އަންނަނީ ފެނި ޘާބިތުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދުވަހަކަށްވުރެ ދުވަހެއް ނަރަކައިގެ ހޫނު ދުނިޔެއާ ކައިރިވަނީ! ސައިންސާ ޓެކްނޮލޮޖީއަށް ކުރެވޭނެ އެއްވެސްކަމެއް ނެތްކަން އަންނަނީ ފެނި ޘާބިތުވަމުން!

32 ޑިގްރީގައޭ ކިޔަކިޔައި ތިއްބައި ހޫނުމިން މަތިވަމުން ގޮސް 40 އަށވުރެވެސް މަތިވީއެވެ. 50 އާއިވެސް ކައިރިކުރަނީއެވެ. އަދި ބައެއް ޤައުމުތަކުގައި 50 އަށަވުރެވެސް މަތިވެ 60 އަށްވެސް އަރަނީއެވެ. މިވާގޮތް އެނގިތިބެމެ ނުއެނގޭ ކަމަށް ހަދައިގެން ތިބިނަމަވެސް މިވާގޮތް މިއޮތީ އެންމެންނަށް އެނގޭށެވެ!

ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ: 

"ހޫނު ގަދަވެއްޖެނަމަ ތިއަބައި މީހުން ފިނިވަންދެން ނަމާދު މަޑުކޮށްފައި ނަމާދުކުރާށެވެ! އަދި ހަމަކަށަވަރުން ގަދަ ހޫނަކީ ނަރަކައިގެ ހޫނުންވާ ބައެކެވެ." ޞަޙީޙް ބުޚާރީ: 533،534) 

ދުނިޔެ ހޫނުވަމުން އަންނަ މައްސަލައިގައި ސައިންސްވެރިން ތަފާތު ވާހަކަތައް ދައްކާނެއެވެ. މައްސަލަ ޙައްލުކުރަން ގޮތްތައް ހޯދަންވެސް އުޅޭނެއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން އެއްވެސް ޙައްލެއް ނުފެންނާނެއެވެ.   

ކޮންމެ އަހަރަކު ވެސް މިދަނީ ހޫނުވުމުގެ މައްސަލަތައް ބޮޑުވަމުންނެވެ. އިތުރަށް ހޫނު ގަދަވަމުންނެވެ. ގަދަ ހޫނުގެ ސަބަބުން މަރުވާ މީހުންގެ އަދަދުވެސް މިދަނީ ގިނަވަމުންނެވެ. މާތްވެގެންވާ މިނާގެ ބިމުގައިވެސް އެތައްސަތޭކަބައަކު މިއަހަރު ނިޔާވެގެންދިއައީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް، ބިން ފިނިކުރަން ކުރެވެންހުރި ހުރިހުރިހާ މަސައްކަތްތަކެއް ސައުދީ ސަރުކާރުން ކުރަމުން ގެންދަނިކޮށެވެ. 

މިހިރަ ދައްކަވަނީ މުސްލިމުން ވިސްނައި ފިކުރުކޮށް ބިރުވެތިކަން އިތުރުކުރަންވީ ކަންކަމެވެ. ޙައްލަކީ އެއާކޮންޑިޝަން އިތުރުކުރުމެއް ނޫނެވެ! އެއާކޮންޑިޝަންވެސް އިތުރުކުރާށެވެ! ފަންކާވެސް އިތުރުކުރާށެވެ! ހަމަ އެއާއިއެކު ތަޤްވާވެރިކަން ވެސް އިތުރުކުރާށެވެ! ކުރާ އަޅުކަން ގިނަކުރާށެވެ! ތައުބާވުން ގިނަކޮށް ޛިކުރުކުރުން ގިނަކުރާށެވެ! ސުވަރުގެ ޔަޤީންކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން