ދުނިޔޭގަހުރެ ކުރި ބުރަ މަސައްކަތުން އެއްކުރެވުނު ހެޔޮ އަމަލުތައް ޤިޔާމަތް ދުވަހު އެހެން މީހުންނަށް ބަހާލަން ޖެހޭނެ މީހަކަށް ވެއްޖެނަމަ ސުވަރުގެ ވަންނާނީ ކިހިނެއްތަ؟ މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދުނިޔޭގަހުރެ ކުރި ބުރަ މަސައްކަތުން އެއްކުރެވުނު ހެޔޮ އަމަލުތައް ޤިޔާމަތް ދުވަހު އެހެން މީހުންނަށް ބަހާލަން ޖެހޭނެ މީހަކަށް ވެއްޖެނަމަ ސުވަރުގެ ވަންނާނީ ކިހިނެއްތަ؟ މުފްތީ މެންކް

ﷲ ތައާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ލުއިފަސޭހަމަގުން ގިނަ ޘަވާބު ލިބޭނެ ގޮތްތައްވެސް ވަނީ ލައްވަވައިފައެވެ. ހަމައެއާއިއެކު އެކަންކަމަށް ރައްކައުތެރިނުވެއްޖެނަމަ ތިމާކުރާ ހެޔޮ ޢަމަލުތައް ގެއްލިގެން ހިނގައިދާނެ އެތައް ގޮތްތަކެއްވެސް ވަނީ ލައްވަވައިފައެވެ.  

ވީމާ ވިސްނާށެވެ! އަނެކާގެ އެއްވެސް ކަމެއް ނުއެނގި ތިބެ މީސްތަކުންނަށް ނުބައި ބަސް ބުނުން ގިނަވެ އެއީ އެންމެ ޢާންމު ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދައިފިއެވެ. އެހެނަސް އެއީ މީހަކަށް ކުރެވޭނެ އެންމެ ހިތާމަހުރި އެއް ކަންތަކެވެ. އަނެކާގެ ހިތް ނުރެހޭނެ ފަދަ، ޙަޤީޤަތެއް ނުވެސް ނެތް ވާހަކަތައް ދެއްކުމަކީ އެކަމަށް ބަދަލުނުދީ ސަލާމަތްވެވޭނެ ކަމެއް ނޫނެވެ! 

ވީމާ ދުނިޔޭގައި ހުރެ ބުރަ މަސައްކަތުން ކުރާ ހެޔޮ އަމަލުތައް އެހެން މީހުންނަށް ބަހާލަން ނޫނީ އެފަދަ ކަންކަން ނުކުރާށެވެ! އަދި ކީއްހެޔެވެ؟ ބަހައި ހުސްވުމުން ޖެހޭނީ މީސްތަކުން ކޮށްފައިވާ ފާފަތައް ކޮނޑުއަޅާށެވެ! އެކަން ކުރަން ޖެހިއްޖެ ނަމަ ޖެހޭނީ އެފާފަތައް ހިފައިގެން ނަރަކައަށް ވަންނާށެވެ!  

މިކަން ވަރަށް ގިނައިން އެބަ ހަނދާންކޮށް ދެވެއެވެ! އެއީ މިވަރަށް ހަނދާންކޮށްދޭއިރުވެސް އެކަންކުރާމީހުންނަށް ހަމަ އަޑުނުއިވޭތީއެވެ. އެފަދަ ބަސްތަކުން ސޯޝަލް މީޑިއާ ފުރަމުން ގެންދާތީއެވެ!  

ދުޢާއަކީ ހުރިހާ މުސްލިމުންނަކީވެސް މި ނުބައިކަމުން ސަލާމަތްވެފައިވާ ބައަކު ކަމުގައި މިންވަރުކޮށް ދެއްވެވުމެވެ! އާމީން.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން