ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރާ މީހަކަށްވާންޖެހޭ ސަބަބުތަކުގެ ތެރެއިން ދަސްކުރަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރާ މީހަކަށްވާންޖެހޭ ސަބަބުތަކުގެ ތެރެއިން ދަސްކުރަންޖެހޭ ފިލާވަޅެއް!

ﷲ ގެ އެންގެވުން ބާއްވާފައި ނުވަތަ ދުރަށް ދަމުންގޮސް ގިނަ ބައަކު އިންސާނުންނަށް ބަރޯސާވެ ﷲ ތައާލާ މަތިން ހަނދުމަވެސް ނެތިކޮށްލައިފިއެވެ. ތިމާ އަޅުވެތިވާން ޖެހޭނީ ހަމައެކަނި ﷲ ތަޢާލާއަށްކަންވެސް ހަނދާން ނައްތާލައިފިއެވެ. ވާގިއެދެން އޮތް ފަރާތަކީ ﷲ ތަޢާލާ ކަމާއި ކޮންމެ ކަމެއްވެސް ހިންމަވައި ދެއްވަވާ ފަރާތަކީ ﷲ ތަޢާލާ ކަމަށް ޤަބޫލުވެސް ނުކުރެވޭ ހިސާބަށް މީހުންނަށް މި ޙަޤީޤަތްތައް އޮޅިއްޖެއެވެ. 

ވަކި ހިސާބަކުން މިފެންނަނީ އަޅުވެތިވެ ބަރޯސާވެގެން އުޅުނު މީހާ ތިމާ އާއި ވަކިވާތަނެވެ. ރުޅިވެ ދުރުވާތަނެވެ. ބައެއް ފަހަރު މަރުވެސް ވެއެވެ. އެ ހިސާބުން އެފަދަ މީހުންނަށް 4 އުދަރެސް ފެނުޖެހެއެވެ. ދެން ހަދާނެ ގޮތް ހުސްވެއެވެ. އެހިސާބުން ﷲ ތަޢާލާގެ މަތިން ހަނދާންވެ ދުޢާކުރަންވެސް ފަށައެވެ. 

ހުރިހާ ކަންކަމުގައިވެސް އަބަދުވެސް ﷲ ތަޢާލާއަށް ބަރޯސާވެ ވާގިއެދެމުންދާ މީހާއަށް މިފަދަ އެއްވެސް ޙާލަތަކާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ! ﷲ ތަޢާލާ އީ ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. 

އިތުރަށް ވިސްނައިލާށެވެ! ކޮންމެ މީހަކީ ތިބާ ދެކެ ލޯބިވާ އަދި ހެޔޮއެދޭ މީހެއް ނޫނެވެ! އެމީހާ އެހެން މީހުންގެ ބޭނުން ހިފާނީ އޭނާއަށް ފައިދާވާ ކަންކަމުގައެވެ. އޭނާއަށް ފައިދާ އިތުރުކުރުމަށެވެ. ނަމަވެސް ﷲ ތަޢާލާ މީސްތަކުން ދެކެ ލޯބިވެވޮޑޮގަންނަވަނީ އެމީހާގެ ތަޤްވާވެރިކަމަށެވެ. އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެންނެއް ނުވެއެވެ. 

ﷲ ތަޢާލާ އަނގަވާފައިވާ ކަންކަން އަހަރެމެން ކުރަންވީ ވެސް ހަމަ އަހަރެމެންނަށްޓަކައެވެ. އެކަމުގެ ހުރިހާ ފައިދާތަކެއް ލިބޭނީ ވެސް ހަމަ އަހަރެމެންނަށެވެ. ވީމާ އެއްވެސް މީހަކަށް އަޅުވެތިވެ ބަރޯސާ ނުވާށެވެ! ﷲ ތަޢާލާއަށް ވަކީލުކޮށް ކިޔަމަންތެރިކަން އަދާކުރާށެވެ! އެއޮރުން އެއްވެސް ކަމެއްގައި މާޔޫސްވާކަށް ނުޖެހޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން