ދިރާސާތަކުން އެނގޭ ގޮތުގައި އެންމެ އުފަލުގައި ދިރިއުޅޭ ފިރިންނަކީ ކޮންމެ ކަމެއްގައިވެސް އަނބިމީހާ އާއި މަޝްވަރާކޮށްގެން ކަންކަންކުރާ ފިރިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދިރާސާތަކުން އެނގޭ ގޮތުގައި އެންމެ އުފަލުގައި ދިރިއުޅޭ ފިރިންނަކީ ކޮންމެ ކަމެއްގައިވެސް އަނބިމީހާ އާއި މަޝްވަރާކޮށްގެން ކަންކަންކުރާ ފިރިން!

ދިރިއުޅުމާއިމެދު ވިސްނާ، އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ފިރިއަކު ލިބިއްޖެނަމަ ހެޔޮލަފާ ކޮންމެ އަންހެނަކުވެސް އޭނާއަށްޓަކައި ޤުރްބާންވާނެއެވެ. ސަބަބަކީ އެއަންހެނަކު ކަންބޮޑުވެ އިތުރަށް ވިސްނަންޖެހޭނެ ކަމެއް ނެތްކަން ޔަޤީންކުރެވޭތީއެވެ. އެހިސާބުން އެއަންހެނަކަށް މަޖުބޫރުވާނީ ފިރިމީހާ ދައްކާ މަގުން ކުރިއަށްދާށެވެ! ދިރިއުޅުމުގެ ހުރިހާކަމެއް ފިރިމީހާ ބޭނުންވާ ގޮތަށް ބަދަލުކުރަންވެސް މަޖުބޫރުވާނެއެވެ.  

މިހެން މިބުނަނީ އެއްވެސް ޙާލެއްގައި އަންހެނުންގެ ކޮޅަށް ބުރަވާކަށް ނޫނެވެ. ތެދުބުނަންޖެހޭނެތީއެވެ. ގިނަ އަނބިން މަގުން ކައްސާލައިގެން ދަނީ ފިރިންގެ ކިބައިން މިބުނި ހަރުދަނާކަން ނުފެންނާތީއެވެ. އަނބިމީހާއަށާއި ދިރިއުޅުމަށް ދޭންޖެހޭ ސަމާލުކަން ކުޑަކުރެވޭތީއެވެ.  

ފިރިން ވިސްނާށެވެ! ދިރިއުޅުމުގެ ކަންކަމުގައި ދެމީހުންވެސް ހަމަ ހަމަހަމައެވެ. ކާމިޔާބުކަމާއިއެކު ދިރިއުޅުން ކުރިއަށް ގެންދެވޭނީ ދެމީހުންވެސް އެކަމަށް މަސައްކަތްކޮށްގެންނެވެ. އެހެންކަމާއިއެކުވެސް ޒިންމާ އުފުލަންޖެހޭ އިސްމީހަކީ ފިރިމީހާއެވެ. އެހެންކަމާއިއެކުވެސް އެދަރަޖަ ފިރިމީހާއަށް އޮންނާނީ ޒިންމާދާރުކަން ޢަމަލުތަކުން ދެއްކޭނަމައެވެ.  

ތިމާގެ ކިޔަމަނުގައި އަނބިމީހާ ބައިންދަން ބޭނުންވާނަމަ ފިރިއެއްގެ ވާޖިބުތައް އަދާކުރާށެވެ! އަނބިމީހާއަށް ލޯބިދޭށެވެ! ހެޔޮކޮށްހިތާށެވެ! މަސްއޫލިއްޔަތު އުފުލާށެވެ! ވަފާތެރިވާށެވެ! ކަންކަން ކުރާއިރު އަނބިމީހާއާއިވެސް މަޝްވަރާކޮށް ޚިޔާލުހޯދައިގެންކުރާށެވެ! ކުރާ ކަމަކުން ދެރައެއް ލިބިއްޖެނަމަ އެކަމުގެ ހިތާމަ ބޮޑަށް އުފުލަންޖެހޭނީވެސް އަނބިމީހާއަށެވެ. ނަމަވެސް އެކަން ކާމިޔާބުވެއްޖެނަމަ ބޮޑަށް ފައިދާކުރާނީ ފިރިމީހާއަށެވެ!  

ނިކަން ވިސްނައިބަލާށެވެ! ދިރާސާތަކުން އެނގޭ ގޮތުގައި އެންމެ އުފަލުގައި ދިރިއުޅޭ ފިރިންނަކީ ކޮންމެ ކަމެއްގައިވެސް އަނބިމީހާ އާއި މަޝްވަރާކޮށްގެން ކަންކަންކުރާ ފިރިންނެވެ.  

- ޝަމްވީލާ / މިއަދުނޫހަށް

މިއަދު އޮންލައިން