އަލްޙަމްދުލިﷲ
ރަބީޢަ ބުން ކަޢުބު އަލް އަސްލަމީ ރަޟިޔަﷲ ޢަންހު، މިކަލޭގެފާނަކީ މީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވަރަށް ބޮޑަށް ޚިދުމަތް ކޮށްދެއްވާ އުޅުއްވި ޞަޙާބީއެއް. ވަރަށް ފަޤީރު ޞަޙާބީއެއް.
އެއްދުވަހެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގަންނަވަނީ އެކަލޭގެފާނު ވުޟޫ ކުރެއްވުމަށްޓަކައި ފެން ހިއްޕަވައިގެން. އެހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ ތިމަންކަލޭގެފާނުގެ އަރިހުން ކަމަކަށް އެދޭށެވެ.
މީ ޙަޤީގަތުގައި އެކަލޭގެފާނަށް ލިބިވަޑައިގެން ވަރަށް ރަނގަޅު ފުރުސަތެއް. މިވަގުތުގައި އަސްލު ޙަޤީގަތުގައި އާއްމުކޮށް ފަޤީރު މީހެއްކަމަށް ވަނީނަމަ ކޮންމެވެސް ކަހަލައިގެ ދުނިޔަވީ ކަމަކަށް އެދޭނީ. ނަމަވެސް ރަބީޢަ ރަޟިޔަﷲ ޢަންހު މިކަލޭގެފާނު ، އެކަލޭގެފާނަށް އެންމެ ބޮޑަށް ޙަޖަތް ޖެހިފަ އޮތްކަންތައް އެކަލޭގެފާނުގެ ގާތުގައި އެންމެ ބޮޑު ކަންތަކުގެ ވާހަކަ އެކަލޭގެފާނު ވިދާޅުވަނީ. ވިދާޅުވަނީ ތިމަންކަލޭގެފާނު އެދެނީ ސުވަރުގޭގައި ކަލޭގެފާނާއި އެކުގައި ވުމަށެވެ.
މީ ޙަޤީގަތުގައި ވަރަށް ސީދާ ޖަވާބެއް. އެއަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުގައި ވިދާޅުވަނީވެސް ހަމަ އެހާމެ ފުރިހަމަ ވަރަށް ކުރު ޢިބާރާތެއް. ޙަދީޘް ކުރައްވަނީ އެހެންވެއްޖެ ކަމަށް ވަނީނަމަ ތިކަމުގައި ތިމަންކަލޭގެފާނަށް އެހީތެރިވާށޭ ގިނަގިނައިން ސަޖިދަ ކޮށްގެން. އޭގެ މާނައަކީ ނަމާދުތަކަށް ރައްކާތެރިވާށޭ. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވާށޭ. އަދި ގިނަގިނައިން ސުންނަތް ނަމާދު ކުރާށޭ. އޭރުންނޭ ޤިޔާމަތް ދުވަހުގައި ސުވަރުގޭގައި ތިމަންކަލޭގެފާނާއި އެކުގައ ވާނީ.
- ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާންގެ ދަރުސަކުން