ކުރެވިފައިވާ ފާފައެއް ހާމަކުރުން ހުއްދަވާނެ 2 ޙާލަތު: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކުރެވިފައިވާ ފާފައެއް ހާމަކުރުން ހުއްދަވާނެ 2 ޙާލަތު: ބިލާލް އައްސަދު

ތިމާއަށް ކުރެވިފައިވާ ފާފައެއްގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނުން ހުއްދަވާނީ 2 ޙާލަތުގައެވެ.  

ފުރަތަމަ ޙާލަތަކީ އެކަމަކުން އަރައިގަތުމަށް ނުވަތަ ސަލާމަތްވުމަށް ޢިލްމުވެރިއެއް، ނުވަތަ ަތޖުރިބާކާރެއްގެ އެހީތެރިކަން ޙޯދަން މަސައްކަތްކުރާއިރު އޭނާގެ ގާތުގައެވެ. މިޘާލަކަށް މިވެނި ބާވަތެއްގެ ފާފައެއް ތިމާއަށް އެބަކުރެވޭ ކަމަށް ބުނުމެވެ.  

ދެވަނަ ޙާލަތަކީ ކައިވެނީގެ ކުރިން ކުރެވިފައިވާ ފާފައެއް ކުރިކަން ކައިވެނިކުރާ ފަހުން ބައިވެރިޔާއަށް އެނގިއްޖެނަމަ ކައިވެނި ރޫޅިދާނެ ކަމުގެ ބިރު އޮންނަ ޙާލަތެވެ. މިޘާލަކަށް ކުރިން މަސްތުވާތަކެތި ބޭނުންކުރެވިފައިވާނަމަ އެކަން ސިއްރުކޮށްގެން ހުއްޓައި އަނބިމީހާއަށް އެކަން އެނގިއްޖެނަމަ ފޫހިވެ ކައިވެނި ރޫޅާލަންޖެހިދާނެ ކަމުގެ ބިރު އޮތުމެވެ.  

މިފަދަ މުހިންމު އެއްވެސް ސަބަބެއް ނެތި ތިމާއަށް ކުރިން ކުރެވިފައިވާ ނުވަތަ މިހާރުވެސް ކުރެވޭ އެއްވެސް ފާފައެއްގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ދައްކައިގެން ނުވާނެއެވެ. އެކަން ބާއްވަން ޖެހޭނީ ސިއްރެއްގެ ގޮތުގައެވެ. އިސްކަންދޭންޖެހޭނީ އަވަހަށް ތައުބާވެ އެފަދަ ޢަމަލެއް ދެން އިތުރަށް ނުކޮށް ހުންނަން މަސައްކަތްކުރުމަށެވެ.  

ކުރެވޭ ފާފަތަކުގެ ވާހަކަ އެެހން މީހުންގެ ގާތުގައި ދެއްކުމަކީ ޢުޤޫބާތް ގަދަފަ ކަމެކެވެ. ބިރުވެތިވާށެވެ!  

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން