މީސްތަކުންނަށް ކަންކަން މަނާކުރެއްވެވި ސަބަބު- އިބްނުލް ޤައްޔިމު ރަޙިމަހުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
މީސްތަކުންނަށް ކަންކަން މަނާކުރެއްވެވި ސަބަބު- އިބްނުލް ޤައްޔިމު ރަޙިމަހުﷲ

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ. 

"ތަޢާލާގެ ރަޙްމަތުން، އެއިލާހު ވަނީ ދުނިޔޭގެ ދިރިއުޅުމަކީ ދަތި އަދި ކިލަނބު އެއްޗެއް ކަމުގައި ލައްވާފައެވެ. އެއީ މީސްތަކުން އެތަނުގައި މަޑުޖެހިލަފާނެތީއެވެ. އަދި އެއިލާހުގެ ޙަޟްރަތުގައި ތައްޔާރުކުރައްވާފައިވާ ދާއިމީ ނިޢުމަތްތަކަށް ފުރަގަސްދީ، ދުނިޔޭގައި ހަމަޖެހިލަފާނެތީއެވެ. އެއިލާހު އެބައިމީހުން އެ ނިޢުމަތްތަކާ ދިމާއަށް ގެންގޮސްފައި އެވަނީ އިމްތިޙާނުތަކާއި މުޞީބާތްތަކުގެ ތެރެއިންނެވެ. 

ފަހެ އެބައިމީހުންނަށް މަނާކުރެއްވީ ދެއްވުމަށްޓަކައެވެ. އަދި މުޞީބާތް މެދުވެރިކުރެއްވީ ޢާފިޔަތު ދެއްވުމަށްޓަކައެވެ. އަދި އެބައިމީހުން މަރު ގެންނެވީ އަލުން ދިރުއްވުމަށްޓަކައެވެ." 

[إغاثة اللهفان لابن القيم (2 / 175)] 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން