ލަވައާއި މިޔުޒިކުން އެއްވެސް ބައްޔަކަށް ޝިފާލިބޭނެ ކަމަށް، ނުވަތަ ހިތަށް ހަމަޖެހުން ލިބޭނެކަމަށް ޤަބޫލުކުރެވޭނެ އެއްވެސް ދަލީލެއް އެބައޮތްތޯ؟
ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެއީ (ލަވައާއި މިޔުޒިކަކީ) ހަމަ މަސްތުވުން ފަދަ ކަމެކެވެ. އަޑުއަހާ ވަޤުތު ވިސްނުމުގެ މިސްރާބު ބަދަލުވެ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއްވެސް ލިބިދާނެއެވެ. ނަމަވެސް އަޑުކެނޑޭއިރަށް ކުރީގެ ހަނދާންތައް އަންނަންފަށާނެއެވެ. ކުރިމަތިވެފައިވާ ކަންބޮޑުވުންތަކާއިމެދު ވިސްނެންފަށާނެއެވެ. މަސްތުވާ މީހާއަށް މަސްވެގެން ހުންނަ ވަޤުތުކޮޅު ހިތްހަމަޖެހުން ލިބިފައި މަސްތުފިލާއިރަށް ކުރީގެ ޙާލަތަށް އެނބުރި ރުޖޫޢަވާފަދައިންނެވެ.
އެކަން އެގޮތަށް މެދުވެރިވާ ސަބަބުވެސް މިއޮތީއެވެ. ވިދާޅުވެލައްވާށެވެ!
ސުވާލު:. މިޔުޒިކް ޙަރާމްކަމުގެ ދަލީލަކީ ކޮބައިތޯ؟
ޖަވާބު:. ކީރިތި ޤުރްއާނުގެ ލުޤްމާނު ސޫރަތުގައިވޭ " وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ " މީސްތަކުންގެ ތެރޭގަވެޔޭ لَهْوَ الْحَدِيثِ ވިއްކާމީހުން (لَهْوَ الْحَدِيثِ) ތަފްޞީލް ކުރައްވަމުން އިމާމުލް މުފައްސިރީން އަދި މިއުއްމަތުގެ ތަފްސީރުގެ އެންމެ ފުންނާބުއުސް އިބްނު ޢައްބާސް އަދި އިބްނު މަސްޢޫދު އެބޭބޭފުޅުން ވިދާޅުވެފަ ވަނީ އެއީ ލަވަޔާއި މިޔުޒިކްގެ ވާހަކަ ކަމަށް.
--ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޚުލާޞާއަކީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެއްކޮށްގެން ލިބޭނެ ޙަޤީޤީ ހިތްހަމަޖެހުމެއް އަދި އުފާވެރިކަމެއްވެސް ނެތެވެ. ކޮންމެ ބައްޔަކަށްވެސް ޝިފާ ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންކަމަށްވާތީއެވެ.
ގުޅުންހުރި ލިޔުމެއް:
https://islamqa.info/en/answers/5000/is-music-haram#conclusion