މީހުންނަށް އެހީތެރިވުމުގައި އެންމެ ފައިދާބޮޑުވާނީ އެންމެ މަތީ ދަރަޖަ ހޯދުމުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މީހުންނަށް އެހީތެރިވުމުގައި އެންމެ ފައިދާބޮޑުވާނީ އެންމެ މަތީ ދަރަޖަ ހޯދުމުން-

ހެޔޮ ޢަމަލުކުރުމުގައި ބަލަންވީ އެންމެ މަތީދަރަޖައިން ކަންކަންކޮށް އެންމެ ގިނަ ޘަވާބު ހޯދަން މަސައްކަތްކުރުމަށެވެ. އެހެންކަމުން މީހުންނަށް އެހީތެރިވުމާއިމެދު ވިސްނާލަމާހެއްޔެވެ؟ 

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މީސްތަކުންނަށް އެހީތެރިވުމުގައި 3 ދަރަޖައެއްވެއެވެ. 

1 ތިމާއަށް ބޭނުން ނުހިފޭނެ އެއްޗެތި މީހުންނަށް ދިނުން.

2. ތިމާ ބޭނުންކުރާ ފެންވަރުގެ ތަކެތި މީހުންނަށް ދިނުން

3. ތިމާގެ ބޭނުންތަކަށް ނުބަހައްޓައި މީހުންނަށް އެއްޗެތި ދިނުން 

މީގެ ތެރެއިން އެންމެ މަތީ ދަރަޖައަކީ " ތިމާގެ ބޭނުންތަކަށް ނުބަހައްޓައި މީހުންނަށް އެއްޗެތި ދިނުމެވެ." ދެވަނަ ދަރަޖައަކީ "ތިމާ ބޭނުންކުރާ ފެންވަރުގެ ތަކެތި މީހުންނަށް ދިނުމެވެ." އެންމެ ދަށުދަރަޖައަކީ  "ތިމާއަށް ބޭނުން ނުހިފޭނެ އެއްޗެތި މީހުންނަށް ދިނުމެވެ."  

މިއަދު މީސްތަކުންގެ ތެރެއިން ގިނަ ބައަކަށް ޢަމަލުކުރެވެނީ އެންމެ ދަށުދަރަޖައިންނެވެ. މީހުންނަށް ދެވެނީ ތިމާއަށް ބޭނުން ނުހިފޭނެ ތަކެއްޗެވެ. ވީމާ މިއީ އިޞްލާޙްކޮށްލަން ޖެހިފައިވާ ކަމެކެވެ.  

ހަނދާންކޮށްލާށެވެ! މަދީނާއަށް ހިޖުރަކުރެއްވި ބޭކަލުންނަށް މަދީނާގެ އަހުލުވެރިންގެ މުދަލުން އެއްބައި ދެއްވިއިރު ދެއްވެވީ އެންމެ ރަނގަޅު ތަކެއްޗެވެ. ދެއަނބިން ތިބިނަމަ އެބޜކަލަކަށް އެންމެ ރީތިވި އަންތބެކެވެ.  

ކޮންމެއަކަސް މިއަދު އަހަރެން ބުނާނީ އެންމެ ދަށުދަރަޖައިންނަމަވެސް އެހީތެރިވާށެވެ. ބޭނުން ނުކުރާ އަންނައުނު ފަދަ ތަކެތި ނުބަހައްޓާށެވެ. ކައިފަ ބާކީވާ ތަކެތިވެސް އުކައިނުލާށެވެ. އަދި ކީއްހެއްޔެވެ؟ ދަރިންނަށް ހޯދައިދޭ ކުޅޭތަކެތިވެސް ބާކީކޮށްފައި ނުއުކާށެވެ. އެއްވެސް އެއްޗެއް ނުލިބި ތިބޭ ކުދިންނަށް އެވެސް ވާނީ ވަރަށް އަގުބޮޑު އެއްޗަކަށެވެ.

 

- ޢުމަރު ސުލޭމާނުގެ ދަރުސަކުން   

މިއަދު އޮންލައިން