މުޞީބާތްތަކަށް ކެތްތެރިވުމުން ލިބޭ އަޖުރު ހާދަބޮޑެވެ!

ކިޔުމަށް ހޭދަވާނީ 3މ 45ސ
މުޞީބާތްތަކަށް ކެތްތެރިވުމުން ލިބޭ އަޖުރު ހާދަބޮޑެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ދުނިޔޭގައި އުޅޭއިރު އިންސާނުންނަށް މުޞީބާތްތަކާއި ހިތާމަތަކާއި ކުރިމަތިލާން ޖެހެއެވެ. ސަބަބަކީ އެފަދަ ކަންކަމަކީ އިންސާނުންނަށް އޮތް ނިޢްމަތެކެވެ. އަދި ހެވެކެވެ. އީމާންކަމުގެ  އަހުލުވެރިން ބަލާނީ އާޚިރަތުގައި އޭނާއަށް ލިބޭނެ ފޮނިމީރުކަމަށެވެ. 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 216 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿٢١٦﴾‏

މާނައީ: "އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ. (216)" 

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.

«يَوَدُّ أَهلُ العَافِيَةِ يَومَ القِيَامَةِ حِينَ يُعطَى أَهلُ البَلَاءِ الثَّوَابَ لَو أَنَّ جُلُودَهُم كَانَت قُرِّضَت فِي الدُّنْيَا بِالمَقَارِيضِ

މާނައީ: "ޤިޔާމަތްދުވަހު، (ދުނިޔެމަތީގައި) ބަލާއާއި މުސީބާތްތައް ޖެހުނު މީހުންނަށް (އެކަމުގެ) ސަވާބު ދެވޭ ހިނދު، ދުޅަހެޔޮ ޞިއްޙަތެއްގައި، މުސީބާތްތައް ނުޖެހި އުޅުނު މީހުން،  (އެފަދަ ސަވާބެއް ލިބުމުގެ ދަހިވެތިކަމުގައި) އެބައިމީހުން ދުނިޔެމަތީގައި އުޅުނުއިރު، އެބައިމީހުންގެ ގައިގެ ހަންތައް  ކުދިކުދިކޮށް ކަތުރުތަކަކުން ކޮށާލެވިފައިވާ ވާނަމައޭ ހިތަށް އަރާނެއެވެ." 

މުޞީބާތުގެ ވަގުތުގައި ﷲ ތަޢާލާއަށް ވަކީލުކުރުމަކީ މުއުމިނުންގެ ސިފައެކެވެ. އެއީ ނަބީބޭކަލުންވެސް ކަންތައް ކުރެއްވި ގޮތެވެ. އެގޮތުން ނޫޙުގެފާނުގެ ވާހަކައަށް ބަލާއިރު ނޫޙުގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނަށް އީމާންނުވުމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅު ކީރިތި ޤުރްއާނުގައިވެއެވެ. 

ޔޫނުސް ސޫރަތުގެވ 71 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

(يَا قَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِي وَتَذْكِيرِي بِآيَاتِ اللَّهِ فَعَلَى اللَّهِ تَوَكَّلْتُ )

މާނައީ: "އޭ ތިމަންކަލޭގެފާނުގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރޭގައި ހުންނެވުމާއި، اللَّه ގެ آية ތަކުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަނދާންކޮށް ދެއްވުން، ތިޔަބައިމީހުންގެ މައްޗަށް ބޮޑުކަމަކަށް ވެއްޖެނަމަ، ފަހެ، ތިމަންކަލޭގެފާނު، اللَّه އަށް وكيل ކުރައްވައިފީމެވެ."

 

މިއަދު އޮންލައިން