އިސްލާމް ދީނަކީ ނަޞޭޙަތުގެ ދީނެވެ! ހަނދުމަކޮށްދިނުމުގެ ދީނުމެވެ. ހެޔޮ ޢަމަލުތައް ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ދީނެވެ. އެންމެން އެކުގައި ސުވަރުގެދާން މަސައްކަތްކުރުމުގެ ދީނެވެ.
ބުރާސްފަތިދުވަހަކީ:
-ޢަމަލުތައް އުފުއްލެވޭ ދުވަހެއް،
-އެދުވަހެއްގައި ރޯދަ ހިއްޕެވުމަށް ރަސޫލާ ﷺ ލޯބިކުރެއްވި ދުވަހެއް.
- ﷲގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފިނަމަވެސް 70 އަހަރުގެ ރާސްތާއަށް ނަރަކައިން ދުރުކުރައްވާ
- ރޯދަވެރިންނަށްޓަކައި ރައްޔާން ނަމަކަށް ކިޔާ ޚާއްޞަ ދޮރޮކޮޅެއް ސުވަރުގޭގައިވޭ.
-ރޯދަވެރިން ނޫންބަޔަކަށް އެދޮރުކޮޅުން ސުވަރުގެ ނުވަދެވޭ،
-ރޯދަވެރިޔާ އަށް ﷲ ދެއްވާ ދަރުމަ އަކީ އަންލިމިޓެޑް އެއްޗެއް.
-ވެހޭތަނުގައި ފެންނަންގަވާ!
-ދަތްހުރި ދުވަހު ކާށި ކެވޭނީ!
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ހަނދުމަކޮށްލައި ދެއްވުމުގެ ގޮތުން ޑރ. އިޔާޟް މިބަސްފުޅު އަމާޒުކުރައްވާފައިވަނީ ބުރާސްފަތި ދުވަހަށެވެ. ހޯމަ ދުވަހަކީވެސް މިފަދަ ދުވަހެކެވެ! ހޯމަ ދުވަހާއި ބުރާސްފަތިދުވަހު ރޯދަހިފަން އާދަކުރައްވާށެވެ!