ތިބާގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެ ދިރިއުޅުން ހަލާކުކޮށްލި މީހާ އުފަލުގަ ހުންނަން ދޫކޮށްލައްވަވާނެކަމަށް ހީވެސް ނުކުރާތި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިބާގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެ ދިރިއުޅުން ހަލާކުކޮށްލި މީހާ އުފަލުގަ ހުންނަން ދޫކޮށްލައްވަވާނެކަމަށް ހީވެސް ނުކުރާތި!: މުފްތީ މެންކް

މުސްލިމުންނަކީ އެހެން މީހުން އުފަލުގައި ދިރިއުޅެން އެހީތެރިވެ ވާގަވެރިވާންޖެހޭ ބައެކެވެ. އެކަމަށް އުފާކޮށް ހެޔޮ ދުޢާކުރަންޖެހޭ ބައެކެވެ. ނަމަވެސް އެންމެ ގިނައިން ލިބޭ އެއްޝަކުވާއަކީ ކޮންމެވެސް މީހަކު ކޮންމެވެސް ދެމަފިރިއެއްގެ ދެމެދަށްވަދެގަނެ އެދެމީހުންގެ ދިރިއުޅުން ހަލާކުށްލާ ކަމުގެ ޝަކުވާއެވެ. އަދި އެންމެ ގިނަ ފަހަރަށް މިފަދަ ކަންކަން ކުރަނީ އެންމެ ގާތް އެކުވެރިންކަމަށްވާކަމީ އެންމެ ދެރަވާންޖެހޭ ސަބަބެވެ.  

ޔަޤީންކުރާށެވެ! އެގޮތަށް ކަންތައް ކުރާ މީހުންނަކަށް ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ. ހިތްޖަހިގެން ހުރުމުގެ ފުރުޞަތެއްވެސް ނުލިބޭނެއެވެ. އޭނާގެ މަކަރުވެރިކަން އެއްވެސް މީހަކަށް ނުއެނގުނު ނަމަވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.  

މިފަދަ ކަންކަން ކުރާ މީހުންނަށް އެންމެ މުހިންމުވާވަޤުތު ކޮންމެވެސް ކަމެއް މެދުވެރިގެން ކަރުނައަޅަންޖެހޭކަން އެއީ އަބަދުހެން ފެންނަމުން އަންނަ ކަމެކެވެ. އަދި އާޚިރަތް ދުވަހު ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ.  

ހަމަ އެއާއިއެކު އަނިޔާ ލިބޭ މީހުންނަށް ބުނެލަން އޮތީ މީހަކު ކިތަންމެ ބޮޑު ގެއްލުމެއް ނުވަތަ ދެރައެއް ދިނަސް ޙަސަދަވެރިކަން ނުބާއްވާށެވެ! ހިތް ސާފުކޮށްލައި މާފުކުރާށެވެ! ﷲ ތަޢާލާ އެކަމަށް އަންގަވާފައިވާތީއެވެ. ވީމާ އެއްވެސް މީހެއްގެ މީހެއްގެ ކިބައިން އަމިއްލައަށް ބަދަލުހިފަން ނުއުޅޭށެވެ. އެކަން ﷲ ތަޢާލާގެ ޙަޟްރަތަށް ދޫކޮށްލާށެވެ! ވަކީލްކުރުމަކީ އެއީއެވެ. ވަކީލްކުރާ އަޅުންނަށް ދެދުނިޔޭގައިވެސް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން