ޢާއިލާއަށް އުފާވެރިކަން ބޭނުންނަމަ އެންމެން އެކުގަ އެންމެ ބޮޑަށް ކައިރިވާންވީ ކީރިތި ޤުރުއާނާއެވެ!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޢާއިލާއަށް އުފާވެރިކަން ބޭނުންނަމަ އެންމެން އެކުގަ އެންމެ ބޮޑަށް ކައިރިވާންވީ ކީރިތި ޤުރުއާނާއެވެ!: ޝައިޚް ޝާފިޢު

ވިހާ ގިނައިން ކީރިތި ޤުރްއާން ކިޔެވުމުގެ މުހިންމުކަމާއި އެކަމުން ދެދުނިޔޭގައިވެސް ކުރާނެ ފައިދާގެ ބޮޑުކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނެސްދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ހަނދުމަ އައުކޮށްލައި މިދެނީ ޝައިޚް މުޙައްމަދު ޝާފިޢުގެ ބަސްފުޅެކެވެ. 

އަޅުގަނޑުމެންގެ ތެރޭގައި އުފާވެރިކަން އޮތް ޢާއިލާއެއް މަދުކަމުގައި ބުނެވިދާނެއެވެ. ކޮންމެވެސްް މައްސަލަތަކަކާއިހުރެ ގިނަ ޢާއިލާތައް މިވަނީ ހިތާމަ އާއި ހިތްދަތިކަމުގެ ތެރޭގައެވެ. ވީމާ ޝައިޚް ވިދާޅުވެފައިވާ ބަސްފުޅަށް ވިސްނައި ޢަމަލުކޮށްލަމާތޯއެވެ؟

ޢާއިލާގެ އުފާވެރިކަމަށްޓަކައި މުޅި ޢާއިލާ އެންމެ ބޮޑަށް ކައިރިވާންވީ ކީރިތި ޤުރުއާނާއެވެ. އެގޮތުން ޢާއިލާގެ ތެރޭގައި ކީރިތި ޤުރުއާނުގެ ފޮނިކަން ލިބިގަތުމަށްޓަކައި ތިރީގައި މިވާ ކަންކަން ކުރެވިދާނެއެވެ.

1- ކީރިތި ޤުރުއާން ތިލާވަތުކޮށް އަޑު އެހުމުގެ ޙަލަޤާއެއް ކުރިޔަށް ގެންދިޔުން
2- ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ޢާއިލީ ޙަލަޤާއެއް ކުރިޔަށް ގެންދިޔުން
3- ޢާއިލާގެ މެމްބަރުންގެ ތެރެއިން މަދުވެގެން އެކަކު ރީތިކޮށް ކިޔަވަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިކޮށް އެފަދަ މީހެއްގެ އެހީތެރިކަމާއެކު އެހެން މީހުންނަށް ތަޖުވީދަށް ރީތިކޮށް ކިޔަވަން ދަސްކޮށްދިނުން
4- ކީރިތި ޤުރުއާނުގެ ތަފްސީރު ކިޔުން
5- ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ އަހަރެމެންނަށް ވަޙީކުރައްވާފައިވާ ބަސްފުޅުތައް ދެއްވާފައިވާ މެސެޖުތައް ދެނެގަތުމަށްޓަކައި ޢަރަބި ބަސް ދަސްކުރުން.

މިއީ މުޅި ޢާއިލާއަށް އުފާވެރިކަން ގެނުވާނެ ކަންކަމެވެ. ޤުރުއާން ބާވައިލައްވާފައިވަނީ އުފާވެރިކަމަށްޓަކައެވެ.

مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ – {طه 2 } "އަހަރެން މިޤުރުއާން ތިބާގެ މައްޗަށް ބާވައިލެއްވީ، ތިބާގެ ހިތްދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ."

ވަރަށް ބޮޑު ތެދެކެވެ. އެ ޤުރުއާން ބާވައިލެއްވީ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، ބާއްޖަވެރިކަމަށްޓަކައެވެ.

ޤުރުއާނާއެކުގައި އުޅޭ ޢާއިލާއެއް ދުވަހަކުވެސް އަބާއްޖަވެރިކަމުގެ ތެރެއަކަށް ނުދާނެއެވެ. ޤުރުއާނަކީ މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދޭ ފޮތެކެވެ.

الشيخ محمد ޝާފިޢު

 

މިއަދު އޮންލައިން