ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިއަބައިމީހުން އަނިޔާވެރިވުމަށް ބިރުވެތިވާށެވެ! ފަހެ ހަމަކަށަވަރުން، އަނިޔާވެރިކަން ގިޔާމަތް ދުވަހުން ވާހުށީ ކަޅުއަނދިރިތަކެއް ކަމުގައެވެ." - رواه مسلم-
މި ޙަދީޘްފުޅަށް ބިރުވެތިވާށެވެ! ހަމަ އެކަކަށްވެސް އަނިޔާވެރިނުވާށެވެ! އަނބިދަރިންނާއި ތިމާގެ ބެލުމުގެ ދަށުގައިވާ އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! ހިތުގައި ޖެއްސުވުމަކީވެސް ހަމަ އަނިޔާވެރިވުމެވެ. އަނބިދަރިންނަށާއި ތިމާ ޚަރަދުކުރަންޖެހޭ މީހުންނަށް ޚަރަދުނުކުރުމަކީވެސް އަނިޔާވެރިވުމެވެ. މުވައްޒިފުންނާއިމެދު ޢަދުލުވެރިނުވުމާއި ބޭއިންޞާފުން ކަންކަން ކުރުމަކީވެސް ހަމަ އަނިޔާވެރިވުމެވެ.
ޔަޤީންކުރަން އޮތް ކަމަކީ އިންޞާފު ޤާއިމުކުރެވި އެމީހަކު ކުރި ޢަމަލަކަށް ޒިންމާވާންޖެހޭނެ ދުވަހެއް ކުރިއަށް އެބަ އޮތް ކަމެވެ.
- ޙަދީޘްފުޅުގެ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފ