ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް!: ފިޒިކަލް އެޑިޔުކޭޝަންގެ ނަމުގަ ފިރިހެން ޓީޗަރުން ލައްވާ އަންހެން ދަރިވަރުންނަށް ހިންގުވާ ޕަރޮގްރާމްތައް ދީނީ ގޮތުން ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 16ސ
ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް!: ފިޒިކަލް އެޑިޔުކޭޝަންގެ ނަމުގަ ފިރިހެން ޓީޗަރުން ލައްވާ އަންހެން ދަރިވަރުންނަށް ހިންގުވާ ޕަރޮގްރާމްތައް ދީނީ ގޮތުން ހުއްދައެއް ނޫން!

ކަސްރަތު ކުރުމުގަ ދީނީ ގޮތުން ބަލަން ޖެހޭ މިންގަނޑު: 2

 

(ފުރަތަމަ ބައިގާ) ބުނެވުނު ޝަރުޠުތަކާއި ޤައިދުތައް މަދަރުސާތަކާއި ޔުނިވަރސިޓީތަކުގައި ތަންފީޛު ކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. މިހެންކަމުން ‘ފިޒިކަލް އެޑިއުކޭޝަން’ މަދަރުސީ ކަރިކިއުލަމުގެ ތެރެއަށް މާއްދާއެއްގެ ގޮތުގައި އިތުރު ކުރެވިގެން ދިޔަކަމީ މީސްތަކުންގެ މެދުގައި ޢިއްފަތްތެރިކަން ގެއްލޭން މެދުވެރިވީ އެންމެ އަސާސީ އެއް ސަބަބެވެ. އަދި އެއީ ޢައުރަ ކަޝްފުވެ، މީސްތަކުންގެ ލަދުޙަޔާތް ކެނޑޭން މެދުވެރިވީ ސަބަބެއްވެސް މެއެވެ. 

ދެން އަދި އެންމެ ބޮޑު އެއް މުޞީބާތަކީ ފިރިހެން ޓްރެއިނަރަކު ނުވަތަ ޓީޗަރަކު އަންހެން ކުދިންނަށް އެކަން ކިޔަވައިދޭން ގެނައުމެވެ. ދެން އެއަށް ފަހުގައި އެކަމުގެ އިދާރީ ކަންކަމަށް ފިރިހެނުން ގެނައުމެވެ. އެގޮތަކަށް މިކަން މަޑު މަޑުން ގޯސްވަމުން މިއަދު އަޅުގަނޑުމެންނަށް މި ފެންނަ ގޮތަށް މި ވަނީ ބަދަލުވެފައެވެ. ވަރަށް ގިނަ ޢަރަބި ޤައުމުތަކުގައި ކަން ހިނގާފައިވަނީ މިފަދައިންނެވެ. 

އައްޝައިޚް ޢަބްދިލްކަރީމް އަލްޚުޟައިރާ ސުވާލު ދެންނެވުނެވެ.

ޝަރީޢަތުގެ ޙުކުމުތަކާއި ޚިލާފު ނުވާނޭ ފަދައިން، އަންހެން ކުދިންގެ މަދަރުސާތަކުގައި ‘ފިޒިކަލް އެޑިއުކޭޝަން’ ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟ 

ޖަވާބުގައި ޝައިޚު ވިދާޅު ވިއެވެ.

"އަންހެން ކުދިންގެ މަދަރުސާތަކަށް ފިޒިކަލް އެޑިއުކޭޝަންގެ ނަމުގައި މާއްދާއެއް ފެށުމަށް ގޮވާ ގޮވުމަކީ ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާވުމެވެ. މާތްރަސްކަލާނގެވަނީ ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާވުން އަހަރެމެންނަށް ނަހީ ކުރައްވައިފައެވެ. އެކަލާނގެ ވަޙީ ކުރައްވައިފައި ވެއެވެ:  

(يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلالاً طَيِّباً وَلا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ ) [سورة البقرة: 168] 

މާނައި: [އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ޙަލާލު ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާ ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ ޝައިޠާނާއީ، ތިޔަބައިމީހުންނަށް ހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތްތެރިއެކެވެ.]  

އަދިވެސް ވަޙީކުރައްވާފައި ވެއެވެ: 

(يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ ) [سورة البقرة: 208] 

މާނައީ: [އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން އިސްލާމު ދީނަށް ކިޔަމަންވުމުގެ ތެރެޔަށް ވަންނާށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާ ނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ ޝައިޠާނާ އަކީ ތިޔަ ބައިމީހުންނަށް ހުރި ބަޔާންވެގެންވާ ޢަދުއްވެކެވެ.]  

އަދިވެސް ވަޙީ ކުރައްވާފައި  ވެއެވެ.  

(وَمِنَ الْأَنْعَامِ حَمُولَةً وَفَرْشاً كُلُوا مِمَّا رَزَقَكُمُ اللَّهُ وَلا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ) [سورة الأنعام: 142] މާނައީ: [އަދި ނަޢަމުސޫފީގެ ތެރެއިން، އެއްޗެތި އުފުލާ އުސްތަކެއްޗާ އަދި (އެކަމަށް ކުޅަދާނަވެގެން ނުވާ) ބިމަށްތިރި ތަކެތި، އެކަލާނގެ އުފެއްދެވިއެވެ. ތިޔަބައިމީހުންނަށް اللَّه ދެއްވި ތަކެތިން ތިޔަބައިމީހުން ކާށެވެ! އަދި  ޝައިޠާނާގެ ފިޔަވަޅުތަކަށް، ތިޔަބައިމީހުން ތަބާނުވާށެވެ! ހަމަކަށަވަރުން، އެ ޝައިޠާނާއަކީ، ތިޔަބައިމީހުންނަށް ކަނޑައެޅި ބަޔާންވެގެންހުރި ޢަދާވާތްތެރިއެކެވެ.] 

އެހެން އާޔަތެއްގައި ވަޙީކުރައްވާފައި ވެއެވެ. 

(يَا أَيُّهَا الَّذِينَ آمَنُوا لا تَتَّبِعُوا خُطُوَاتِ الشَّيْطَانِ وَمَنْ يَتَّبِعْ خُطُوَاتِ الشَّيْطَانِ فَإِنَّهُ يَأْمُرُ بِالْفَحْشَاءِ وَالْمُنْكَرِ) [سورة النور: 21] 

މާނައީ: [އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާ ނުވާށެވެ! އަދި  ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާ ވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ  ޝައިޠާނާ ހުތުރުކަންބޮޑު ފާފައާއި، ނުބައިކަންތަކަށް އަމުރުކުރެތެވެ. ]

ﷲ ވަނީ ޝައިޠާނާއަކީ އަހަރެމެންނަށް ވާ ޢަދުއްވެއްކަން ސާފުކޮށް ބަޔާން ކޮށްދެއްވާފައެވެ. އަދި އެ ޝައިޠާނާއަކީ ޢަދުއްވެއްގެ ގޮތުގައި ދެކުމަށްވެސް އެކަލާނގެވަނީ އަމުރު ކުރައްވައިފައެވެ. އާދަމުގެ ދަރީން މަގުފުރެއްދުމަށް ޝައިޠާނާ ގަދައަޅައި މަސައްކަތް ކުރެއެވެ. އެ ސޮރު މި ކަމުގެ މައްޗަށްވަނީ ﷲ ގެ ޢިއްޒަތްވަންތަކަން ގަންދީ ހުވާ ކޮށްފައެވެ. މި ކަން ﷲވަނީ ޤުރުއާނުގައި އަންނަނިވި ފަދައިން ބަޔާން ކުރައްވައިފައެވެ:  

( فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ) [ سورة ص: 82] މާނައީ: [އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބަރަސްކަލާނގެ  ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާހުށީމެވެ.]  

ކުޅިވަރުތަކުގެ ނަމުގައި ގެނެސްގެންފައި މިވާ ކަންކަމަށް ބަލައިލައިފިނަމަ ފެންނަނީ މީގެ ސަބަބުން ގިނަ މީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެދި، ނަމާދާ މީހުން ދުރު ކުރުވައިފައި ވާ ތަނެވެ. މިއީ މީހަކަށް އޮޅިފައިވާ ކަމެއް ނޫނެވެ. 

ﷲ ގެ އަމުރުފުޅުތައް ބޮލާލައި ޖަހައި ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާވުމުން އަހަރެމެންގެ އަވަށްޓެރި ޤައުމުތަކުގައި ކަން ހިނގައި ދިޔަ ގޮތް އަހަރެމެންނަށް (ޢިބުރަތަކަށް) ފުދެއެވެ. ޝައިޠާނާގެ ފުރަތަމަ ފިޔަވަޅަކަށް ވީ: އަންހެނުން ޢިއްފަތްތެރި ހެދުމުގައި ހަމައެކަނި އަންހެނުންގެ މެދުގައި ކުޅިވަރު ކުޅުމެވެ. ދެން މި ޝަރުޠުން ފަހަރަކު ބައެއް އުނި ކުރަމުން ގޮސް، އަބުރުވެރި ބުއްދިހުރި މުސްލިމަކުނަމަ ނުރުހޭނޭ މިންވަރަށް ދިޔައެވެ. އެ މިންވަރަށް ދާއިރު އަދި ޢަމްދުން ދީންވެރި މީހަކު ރުހޭނީ ކިހިނަކުން ހެއްޔެވެ! ފިރިހެނުންގެ ކިބައިން އެދެވޭ ކަމަކީ އެ މީހުން ބާރުގެ ގޮތުން (ޢަދާވާތްތެރިންނާ ދެކޮޅަށް) ތައްޔާރުވެގެންވުމަށާއި އެ މީހުން ޖިސްމާނީ ގޮތުން ތައްޔާރުވެފައި ވުމަށް ކަމުގައި ވާނަމަ؛ އަންހެނުންގެ ކިބައިން އެދެވިގެން ވާ އެ މީހުންގެ (އެންމެ އަސާސީ) ވާޖިބަކީ އެ މީހުން އެ މީހުންގެ ގެތަކުގައި ޤަރާރު ވެ ތިބެ، އަންނަން އޮތް ޖީލަކީ ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ، ރިވެތި ޚުލުޤެއްގެވެރި އަދި އިސްލާމީ އަދަބުތަކަށް ރައްކާތެރިވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމެވެ. 

އެ ކަމަކަށް އަޅުގަނޑު ޝައްކު ނުކުރާ ކަމަކީ: އަންހެން ކުދީން އެ ކުދިންގެ މަދަރުސާތަކުގައި ކަސްރަތު ކުރުމަކީ ޙަރާމުކަމެއް ކަމެވެ. އެއީ އެކަމުގެ ސަބަބުން ނުކުންނާނޭ ފަސާދައިގެ ބޮޑުކަމުގެ ސަބަބުންނެވެ. ބުއްދި ހުރި މީހަކަށް މި ކަންތައް އޮޅިފައި ނުވާނެއެވެ. އަދި އަންހެން ކުދިން މަދަރުސާތަކުގައި ކަސްރަތު ކުރުމަށް އެންގުން ހުއްދައެއް ނޫނެވެ. އަދި އެކަމަށް އިޤުރާރުވުންވެސް ޙުއްދައެއް ނޫނެވެ." 

"ފަތާވާ އައްޝައިޚް ޢަބްދިލްކަރީމް އަލްޚުޟައިރް" (1/21،22) ترقيم الشاملة .

(ނިމުނީ)

އަލްއަޚް މުޙައްމަދު ޖަޒްލާން ޢުމަރު / ދިސަލަފިއްޔާ

 

މިއަދު އޮންލައިން