ފާއިތުވި އަހަރެއްހައި ދުވަސްތެރޭގަވެސް ހާދަގިނަބައަކަށް ފުއްޕާމޭގެ ކެންސަރު ޖެހިއްޖެއޭ! ހެޔޮނުވާނެ! މިކަންކަމަށް ސަމާލުކަންދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 43ސ
ފާއިތުވި އަހަރެއްހައި ދުވަސްތެރޭގަވެސް ހާދަގިނަބައަކަށް ފުއްޕާމޭގެ ކެންސަރު ޖެހިއްޖެއޭ! ހެޔޮނުވާނެ! މިކަންކަމަށް ސަމާލުކަންދީބަލަ!

ފުއްޕާމޭގެ ކެންސަރަށް ފަރުވާކުރަމުން ދިއަ 2،3 އަކަކު ދާދި ފަހުން ވަނީ ނިޔާވެފައެވެ. އަދި ފާއިތުވި އަހަރެއްހައި ދުވަހަށް ބަލައިފިނަމަ ގިނަ ބައަކަށް ފުއްޕާމޭގެ ކެންސަރު އެކިފެންވަރުގައި ޖެހިފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިއީ ރާއްޖެ ފަދަ ކުޑަކުޑަ އާބާދީއަކަށް ބަލާއިރު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. 

އެހެންކަމުން ކިޔުންތެރިންނަށް ހަނދުމަފުޅު އައުކޮށްލައިދިނުމުގެ ގޮތުން މިގެނެސްދެނީ ފުއްޕާމޭގެ ކެންސަރާއިބެހޭ ގޮތުން ޑރ. މުޙައްމަދު ޢަލީ ޢާންމުކުރައްވާފައިވާ ކްލިޕެއްގައި ވިދާޅުވެފައިވާ ވާހަކަކޮޅެވެ.   

މިއަދު ކިޔާލަދޭން މިއުޅެނީ ލަންގް ކެންސަރ އާ ބެހޭ ބައެއްކަހަލަ މިޑްސް އާ ބައެއް ކަހަލަ ފެކްޓްސްތައް. އެންމެ އާންމުކޮށް ބުނާ ވާހަކައަކީ މިހާރު ދެން ވަރަށް ގިނަ އަހަރު ސިނގިރޭޓް ބޮވިއްޖެ ނޫންހޭ ނުވަތަ ވޭޕް ކުރެވިއްޖެ ނޫންހޭ، ދެން ކީއްކުރަންހޭ ހުއްޓާލަންވީކީ؟ 

ނަމަވެސް މީގަ އެނގެންޖެހޭ ވާހަކައަކީ ސިނގިރޭޓް ނުވަތަ ވޭޕްކުރުން ހުއްޓާލާއިރަށް މީހާ ހަށިގަނޑަށް ވަރަށްގިނަ ފައިދާތައް ހަމަ ހުއްޓާލާ ހިސާބުން ފެށިގެން ކުރަން ފަށާނެ. ފިއްޕާމޭ ރަނގަޅަށް މަސައްކަތް ކުރަންފަށާ. ލޭ ދައުރުކުރުން ރަނގަޅު ވެގެން ދޭ. 

އާދައިގެ މި ހުންނަ ސިނގިރޭޓަށްވުރެން ލައިޓް ސިނގިރޭޓްސް ރަނގަޅުވާނެ ނޫނީވެއްޖެއްޔާ މެންތޯލް ސިނގިރޭޓް ރަނގަޅުވާނޭ. ނަމަވެސް ރިސާޗް އިން އެނގޭގޮތުގައި މެންތޯލް ސިނގިރޭޓްވެސް ފަށައިފިއްޔާމު ދެވި ހިފާކަން، ހުއްޓާލަން އުނދަގޫވާކަން އިނގޭ.

އާދަކާދަތައް އެ ހުރިގޮތަކަށް ހުރިއްޔޭ. އޭގެ ބަދަލުގައި އެންޓި އޮކްސިޑެންޓްސް ނަގަމާހޭ ނުވަތަ މަލްޓި ވިޓަމިން ނަގަމާހޭ. އެކަމް ބައެއް ރިސާޗް ތަކުން ދައްކާގޮތުގައި ސިނގިރޭޓް ނުވަތަ ދުންފަތުގެ އިސްތިމާލު ކުރާ މީހުން ބިޓަކެރޮޓިން ހުން ވައްތަރުގެ މަލްޓިވިޓަމިން ބޭނުން ކުރުމުން ފުއްޕާމެއަށް ކެންސަރު ޖެހުމުގެ ރިސްކު އިތުރުވެގެންދޭ. 

(ބައެއް މީހުން ބުނަނީ) ބޮޑެތިކޮށް ހުންނަ ސިގާ ބޭނުންކުރުން ނުވަތަ ޕައިޕްގަ މިހުންނަ ސިނގިރޭޓް ބޭނުން ކުރުން ނުވަތަ ގުޑުގުޑާ ބޭނުން ކުރުމުން ފުއްޕާމެއަށް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވވެއޭ. ނުވަތަ އާދައިގެ ސިނގިރޭޓަށްވުރެ އޭގެ ރިސްކު ކުޑައޭ. 

ނޫން! ހަމަ އާދައިގެ ސިނގިރޭޓާ އެއްވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް ފުއްޕާމޭގެ ކެންސަރުގެ އިތުރުން އަނގައިގެ ކެންސަރާއި ކަރުތެރޭގެ ކެންސަރާއި އީސަފޭގަސް ކާ ހޮޅީގެ ކެންސަރ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެން ދޭ.

ގިނަ ބޭފުޅުންގެ ހިއްޕުޅަށް އަރާވަޑައިގަންނަވަނީ ސިނގިރޭޓް ބުއިން އެކަންޏޭ ރިސްކަކީ. އެހެނެއް ނޫން ހަމަ އަޅުގަނޑުމެންގެ ނޭޗާރއިން ގޭގެ ކައިރި ވަށައިގެން ހުންނަ ސަރަހައްދުން އެފެއްދޭ ނެޗުރަލް ގޭހެއްގެ ސަބަބުން މިސާލަކަށް ރޭޑަން ގޭހުގެ ސަބަބުން ފުއްޕާ މެއަށް ކެންސަރ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވޭ. 

ދެން އަނެއް މިތް އަކީ، ދެން މިހަރު ކެންސަރު ބަލި ޑައިގްނޯސް ވުމަށްފަހުގައި ސިނގިރޭޓް ބޯ މީހުން ހިތްޕުޅަށް އަރާވަޑައިގެންފާނެ ދެން ކީއްކުރަން ހޭ ސިނގިރޭޓް ބުއިން ހުއްޓާލަންވީ. މިހާރު ކެންސަރު ޖެހިފައެއް ނޫންހޭ މިއޮތީ. ނަމަވެސް ސިނގިރޭޓް ބުއިން ހުއްޓާލައިފިކަމުގައި ވާނަމަ އެ ލަންގް ކެންސަރ އަށް ދޭ ފަރުވާވެސް ފަސޭހައިން ރަނގަޅަށް އެ ފަރުވާ ކެންސަރ ނައްތާލުމަށް ކުރާކަމަށް ދިރާސާތަކުން ދައްކާ! 

އަދި ބައެއް ބޭފުޅުން ވިދާޅުވާނެ ކަސްރަތުކޮށްގެން ވަކި ރިސްކް ކުޑައެއް ނުކުރެވޭނޭ. ނަމަވެސް ދިރާސާތަކުން ދައްކަނީ ކަސްރަތު ކޮށްގެން، ގަވައިދުން ކަސްރަތު ކޮށްގެން ފުއްޕާ މޭގެ ކެންސަރު ޖެހުމުގެ ފުރުސަތުވެސް ކުޑަ ކުރެވޭކަމަށް. 

އަދި އަޅުގަނޑުމެންނަށް ނޭންގޭ ވަރަށް ބޮޑު ކަމެއް އޮވޭ. އެއީ ވައި ތަޣައްޔަރު ވެއްޖެ ކަމުގައި ވާނަމަ ފުއްޕާމެއަށް ކެންސަރު ޖެހުމުގެ ފުރުސަތެއް ނޯވޭ. މީ ވަރަށް ގިނަ ބޭފުޅުންގެ ހިއްޕުޅަށް އަރާ ވަޑައިގެންފާނެ ކަމެއް. ނަމަވެސް ވައި ތަޣައްޔަރު ވުމަކީ ފުއްޕާމެއަށް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރު ކުރާ ކަމެއް. 

އަދި އަޅުގަނޑުގެ އުއްމީދަކީ މިއަދު މި ކްލިކް ކޮޅުންވެސް ވަރަށް ގިނަ މައުލުމާތެއް ތިބޭފުޅުންނަށް އެނގިގެން ހިނގައްޖެ ކަމަށް. އަދި ސިނގިރޭޓް، ވޭޕް، ދުފުން، ދުންފަތް ލުން ކަހަލަ ކަންތައް ކުރާ ބޭފުޅުން މި ރޯދަމަހަކީ އެ ކަންތައްތަކުން ދުރުވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ބަލާ، މިއަދުން ފެށިގެން އެ ނޭދެވޭ ކަންތައްތަކުން ދުރުވުމަށް ޢަޒުމް ކަނޑައެޅުން ވަރަށް މުހިއްމު.

ޝުކުރިއްޔާ.

މިއަދު އޮންލައިން