ދެމަފިރިން އެކަކު އަނެކަކަށް ކުރަންޖެހޭ އިތުބާރު ނުދެމެހެއްޓޭނަމަ ކައިވެނީގެ އެއްބަސްވުން އެވަނީ ބާޠިލުވެފައެވެ!: ޝައިޚް ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދެމަފިރިން އެކަކު އަނެކަކަށް ކުރަންޖެހޭ އިތުބާރު ނުދެމެހެއްޓޭނަމަ ކައިވެނީގެ އެއްބަސްވުން އެވަނީ ބާޠިލުވެފައެވެ!: ޝައިޚް ނޫމާން ޢަލީ ޚާން

"އަޅުގަނޑުގެ އަނބިމީހާ އުޅޭ ގޮތުން މިހާރު ހީވަނީ އުލެނީ އަމިއްލައަށް ވަރިވެގެންހެންނެވެ. އެހެން ބުނަނީ އޮފީހުގައި އުޅޭ ވަޤޢުތުކަމަށްބުނާ ވަޤުތުތައް ގިނަވުމާއި ގުޅިޔަސް ފޯނު ނަގަނީވެސް މަދުފަހަރަކު ކަމަށްވާތީއެވެ. އެހެންވެ އަބަދުހެން ހުންނަން މިޖެހެނީ ޝައްކުގެ މަތީގައެވެ. ޙަޤީޤަތް އޮޅުންފިލުވަން ވާހަކަދައްކަން އުޅުނަސް އަންނަނީ ރުޅިއެވެ. މިޙާލަތުގަ ޢަމަލުކުރަން އޮތް ގޮތަކީ ކޮބައިތޯ؟"

"އަޅުގަނޑުގެ ފިރިމީހާގެ ޢަމަލުތައް ހުންނަ ގޮތުން މިހާރު އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެވެއެވެ. ބޭވަފާތެރިނުވާން ވައުދުވެފައި އެތައް ފަހަރަކު ވައުދުއުވާލައިފިއެވެ. ދެއަންތބަށް ކައިވެނިކުރަން ހުއްދަވެސް ދީފީމެވެ. ނަމަވެސް ކައިވެންޏެއް ނުކުރެވެއެވެ. އަބަދުވެސް ލޯބިވެރިން ހޯދައި އައުކުރަނީއެވެ. ކޮންމެ ލޯބިވެރިއަކު ހޯދާފައި އަޅުގަނޑުމެންނަށް (އަޅުގނޑާއި ދަރިންނަށް) އަޅައިލުން ކުޑަކުރެއެވެ. އެހެންވީމާ ދެން އޮތީ ކޮންގޮތެއްތޯއެވެ؟"

މިފަދަ ސުވާލުތައް ކިޔުންތެރިން ކުރައްވާތީ ދަންނަވަމެވެ. ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ކައިވެނި މިކިޔަނީ އެއްބަސްވުމަކަށެވެ. އެ އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ އެކަކު އަނެކަކަށް ކުރާ އިތުބާރެވެ. އެކަކު އަނެކަކަށް ލޯބިދިނުމާ ވަފާތެރިވުމެވެ. ވީމާ ދެމަފިރިން އެކަކު އަނެކަކަށް އިތުބާރު ނުކުރާ ހާލަތަށް ކަންކަން ހިނގައްޖެ ނަމަ އެވަނީ މިބުނި ހުރިހައި ކަންކަން ބާޠިލުވެ އުވި ގޮސްފައެވެ.

އެހެންކަމުން އަހަރެން ބުނާނީ ދެމަފިރިން އެކަކު އަނެކަކަށް އިތުބާރު ނުކުރާ ޙާލަތަށް ކަންކަން ހިނގައްޖެ ނަމަ ކައިވެނީގެ މަޤްޞަދު އެވަނީ ގެއްލިފައިކަމަށެވެ. ކައިވެނި ކުރި މަޤްޞަދު އެވަނީ ގެއްލިފައިކަމަށެވެ. އެ ޙާލަތުގައި ކއަިވެނި އެވަނީ ނެތި ގޮސްފައި ކަމަށެވެ. ކއަިވެނީގެ އެއްބަސްވުން ބާޠިލުވުމުން ވާނެ ހުރިހާ ކަންކަން އެވަނީ ވެނިމިފައި ކަމަށެވެ.

ކައިވެންޏަކީ ލޭގެ ގުޅުމެއް ނޫނެވެ. އެއީ ވެވޭ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ މައިގަނޑު އަސާސަކީ އެކަކު އަނެކަކަށް އިތުބާރުކުރުމެވެ. އަނބިމީހާ ނަމަވެސް އަދި ފިރިމީހާ ނަމަވެސް އަނެކާ ދައްކާ ވާހަކަތަކަށް އިތުބާރު ނުކުރާނަމަ ކައިވެނިން ލިބެންވާ އެއްވެސް ފަލެއް އަދި ހިތްހަމަކެހުމެއްވެސް ނުލިބޭނެއެވެ.

-- ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން