މުސްލިމުން ބޮޑެތި ބައްދަލުވުންތައް ފަށަނީ ކީރިތި ޤުރްއާނުގެ ބަރަކާތުންނެވެ. ތަޤްރީރުތަކާއި ދަރުސްތައް ފަށަނީ ﷲ ތަޢާލާއަށް ޙަމްދުކޮށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔަވަމުންނެވެ. ނަމަވެސް މިއީ އަދި މިވަރުން ފުއްދައިލެވެން އޮތްކަމެއް ނޫނެވެ.
ހަނދާނުގައި ބަހައްޓާށެވެ! ކޮފީ މޭޒެއްގެ ކައިރީގައި ނަމަވެސް ގޭތެރޭގައި ނަމަވެސް އެހެން ތަނެއްގައި ނަމަވެސް އެއްވެސް ވަރެއްގެ ބައްދަލުވުމެއް ބާއްވާނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަނުކޮށް، ރަސޫލް (ﷺ) ޞަލަވާތް ނުކިޔަވައި ނުފަށާށެވެ. ބައްދަލުވުން ނިންމައިލުމުގެ ކުރިން އެކަންކަން ކުރަން ހަނދާންކުރަން ޖެހޭނެއެވެ.
ކިތަންމެ ކުޑަ ބައްދަލުވުމެއްގައި ނަމަވެސް ﷲ ތަޢާލާގެމަތިން ހަނދާންނުކުރާނަމަ އެއީ ޤިޔާމަތް ދުވަހު ހިތާމަކުރަން ޖެހޭ ކަމަކަށްވެދާނެއެވެ. އެހެނީ އެއީ އެކަމުގެ ސަބަބުން އެބައަކަށް ﷲ ތަޢާލާ ޢަޛާބު ދެއްވަވައިފާނެ ކަމެކެވެ.
Abu Hurairah [may Allah be pleased with him] narrated that :
the Prophet ﷺ said: “No group gather in a sitting in which they do not remember Allah, nor sent Salat upon their Prophet, except it will be a source of remorse for them. If He wills, He will punish the, and if He wills, He will forgive them.”
Source: Sunan al-Tirmidhī 3380
Grade: Sahih (authentic) according to Al-Albani
މިޙަދީޘްފުޅުން އެނގެނީ ބައްދަލުވުމުގައި ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރާނަމަ، ރަސޫލް (ﷺ) އަށް ޞަލަވާތް ނުކިޔަވާނަމަ އެބައަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެކަން ނުވަތަ ކޯފާވެވޮޑިގަތުން ލިބިދާނެ ކަމެވެ. އެކަމަށްޓަކައި ހިތާމަކުރަން ޖެހިދާނެ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން