ތިމާއަށް ގޮތްހުސްވެއްޖެކަމަށް އެއްވެސް މުސްލިމަކަށް ވިސްނިއްޖެނަމަ ފުރަތަމަކަމަކަށްވެސް އަވަހަށް އިބިލީސް ފައްސައި ދުރުކޮށްލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ތިމާއަށް ގޮތްހުސްވެއްޖެކަމަށް އެއްވެސް މުސްލިމަކަށް ވިސްނިއްޖެނަމަ ފުރަތަމަކަމަކަށްވެސް އަވަހަށް އިބިލީސް ފައްސައި ދުރުކޮށްލާށެވެ!: މުފްތީ މެންކް

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް ކުއްލިއަކަށް އެކަނިވެރިވާންޖެހުމުން ލިބުނު މާޔޫސްކަން ބޮޑުވެ އޭނާގެ ވިސްނުމަކީ އޭނާއަކީ ގޮތްހުސްވެ ކުރިއަށް ދެވޭނެ މަގު ބަންދުވެފައިވާ މީހަކު ކަމެވެ. މިޙާލަތުގައި އޭނާއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟ 

ކިޔުންތެރިޔާގެ ސުވާލާއި ގުޅިގެން ބުނެލަން އޮތް ފުރަތަމަ ވާހަކައަކީ ތިމާގެ ކުށެއް ނެތި އެކަނިވެރިވާންޖެހިއްޖެނަމަ އެއީ މާރަނގަޅު ގޮތެއް މެދުވެރިކޮށްދެއްވަވަން މިންވަރުކުރެއްވެވި ޙާލަތެއްކަން ބަޔާންކޮށްދީ މިއަދުނޫހުގައި ވާނީ ވަރަށް ގިނަ ލިޔުންތައް ޝާއިޢުކޮށްފައެވެ. އެފަދަ ލިޔުންތަކުން ހިތްވަރު ލިބިގަންނަން ނަޞޭޙަތްދެއްވާށެވެ. އަދި ތިރީގައިވާ ލިޔުން އެކުވެރިޔާއަށް ޙިއްޞާކޮށްލައްވާށެވެ.  

މިއަދު އެންމެ ގިނަ ބައަކު އަޅުކަން ކުރަން ކަންނެތްވަނީ ވެސް ދިރިއުޅުމުގައި މައްސަލަތައް ގިނަވެ ކަންބޮޑުވާންޖެހޭ ކަންކަން ގިނަވުމުންނެވެ. އެހެން އެވަނީ އިބިލީހުގެ ބަސް ޤަބޫލުކުރެވޭތީއެވެ. ކަންބޮޑުވާން ޖެހޭ ކަންކަން ގިނަވާވަރަކަށް ނިކަން ﷲ ތައާލާ އާއި ކުއްތަންވުން އިތުރުކޮށްބަލާށެވެ! އެކަލާނގެ އަށް ފުރިހަމަ ގޮތުގައި ވަކީލުކުރުމާއިއެކު ދުޢާކުރުން ގިނަކޮށް އެކަލާނގެ ހަޟްރަތުން ވާގިއެދިބަލާށެވެ! ކަންބޮޑުވާން ޖެހުނު މައްސަލަތައް ތިބާއަށް ހީވެސް ނުކުރެވޭހައި ފަސޭހައިން ޙައްލުކުރެވި ފިލައިގެން ހިނގައިދާނެއެވެ! އިން ޝާ ﷲ  

އިބިލީސް އަބަދުވެސް އެންމެ ބޮޑަށް ފާރަލާނީ ތިބާއަށް ކަންބޮޑުވުމެއް ކުރިމަތިވާ ވަގުތަކަށެވެ. އެއްވެސް ކަމަކާއި ގުޅިގެން "މިހާރު މިވަނީ ގޮތް ހުސްވެފައެވެ. އިތުރު ގޮތެއް ނެތެވެ!" ހިތަށް އަރައިފިނަމަ އަވަހަށް އަޢޫޛް ކިޔައި އިބިލީސް ފައްސައިލާށެވެ!  

ގޮތް ހުސްވާނީ އިބިލީހަށެވެ! ﷲ ތަޢާލާއަށް ފަހިކޮށް ނުދެއްވެވޭނެ ހަމަ އެއްވެސް ކަމެއް ނުވެއެވެ! ވީމާ މުސްލިމުންނަކީ އެއްވެސް ޙާލެއްގައި ގޮތް ހުސްވެ މަގުމައްޗަށް ނުކުމެ ނީލަން ކިޔެން ޖެހޭ ބައެއް ނޫނެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން