ކީރިތި ޤުރްއާން ކިޔެވުމަކީ ކޮންމެ ބައްޔަކަށްވެސް އޮތް ޝިފާއެއްގެ އިތުރުން ހިތްއެދޭކަންކަން ޙާޞިލްކުރަންވެސް ޤުރްއާން ކިޔެވުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކީރިތި ޤުރްއާން ކިޔެވުމަކީ ކޮންމެ ބައްޔަކަށްވެސް އޮތް ޝިފާއެއްގެ އިތުރުން ހިތްއެދޭކަންކަން ޙާޞިލްކުރަންވެސް ޤުރްއާން ކިޔެވުން ގިނަކުރާށެވެ!

ކީރިތި ޤުރްއާނުން ޝިފާލިބުމާއި އަދި ކަންކަން ޙައްލުވުމުގެ ވާހަކަދެއްކުމުން ބައެއް މީހުންނަށް ވިސްނޭ ގޮތުގައި މައްސަލަތައް ހުރެއެވެ. އެފަދަ މީހުންނަށް ވިސްނެނީ ޙާޞިލުނުކުރެވިގެން އުޅޭ ބޮޑުކަމެއް ޙާޞިލު ނުކުރެވެނީސް ހިތަށް ހަމަޖެހުން ލިބޭނީ ކިހިނަކުން ހެއްޔެވެ؟  

އެގޮތަށް އުފެދޭ ސުވާލާއިމެދު މިގޮތަށް ވިސްނައިލާށެވެ! ބޭނުންވާ ހުރިހާ ކަންކަން ޙާޞިލުކުރެވުނަސް ހިތްހަމަނުޖެހިގެން އުޅޭ މީހުން ބައިވަރެވެ. ހަމައެއާއިއެކު ބޭނުންވާ އެތައް ކަންތައްތަކެއް ޙާޞިލުނުކުރެވުނަސް ހިތްހަމަޖެހިގެން އުފަލުގައި އުޅޭ މީހުން ބައިވަރެވެ. އެކަމުން އެނގެނީ ބޭނުންވާ ކަންކަން ޙާޞިލުކުރެވުމާއި ހިތްހަމަޖެހުމާއި އެއީ މުޅިން ތަފާތު ދެކަމެއް ކަމެވެ.  

"ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަހްމަތާއި، ޝިފާ ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ." (އަލްއިސްރާ: 82) 

އިތުރަށް ޤަބޫލުކުރަންވީ ކީރިތި ޤުރްއާނަކީ ތިމާ ހިތް އެދޭ ކަންކަން ޙާޞިލުކުރަންވެސް އޮތް ފަސޭހަ މަގެއް ކަމެވެ. ހިތަށް އަނިޔާ ލިބެނީ ހެއްޔެވެ؟ ހިތް އެދޭ ކަމެއް ޙާޞިލު ނުކުރެވެނީ ހެއްޔެވެ؟ ހިތްދަތިކަމާއިވޭން ތަޙައްމަލްކުރަން ޖެހެނީ ހެއްޔެވެ؟ ކީރިތި ޤުރްއާނާއި ގުޅުން ބަދަހިކުރާށެވެ!  

މިއީ މުސްލިމުންގެ ގިނަ ބައަކު އަބަދުވެސް ތަޖުރިބާކުރަމުންދާ ކަންކަމެވެ. އެކަމުގެ ފައިދާ ލިބިގެންފައިވާ ކަންކަމެވެ. ނަމަވެސް މައްސަލައަކަށް ވެގެން މިއަދު މިއުޅެވެނީ މިކަންކަން ޤަބޫލު ނުކުރެވުމެވެ. ބަލައިގަންނަން އުނދަގޫވުމެވެ. މީގެ އިތުރުން މިކަން ހަނދާންކޮށްދިނުންވެސް މަދުވުމެވެ.  

ކީރިތި ޤުރްއާނަކީ ކޮންމެ ބަލިމަޑުކަމަކަށްވެސް އޮތް ޝިފާއެކެވެ. އެއީ ކީރިތި ޤުރްއާނުން އެނގެން އޮތް ކަމެކެވެ. ކީރިތި ޤުރްއާނުން ޝިފާ ނުލިބޭނެ އަދި ޙައްލު ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ވީމާ އެއްވެސް ޝައްކެއް ކުރުމެއް ނެތެވެ. އެކަމަށް ޔަޤީންކޮށްގެން ކިޔަވާ މީހާއަށް އެކަން ހިންމަވައިދެއްވަވާނެތެވެ! އިންޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން