ޢާއިޝަތު ރަފާޙް ޢަލީ
ﷲ ތަޢާލާ ޠަލާޤް ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا ﴿٣﴾
މާނައީ: "އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ. (3)"
މިއާޔަތުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ﷲ ތަޢާލާއަށް ވަކީލުކުރުމަށް ﷲ ތަޢާލާ އިންސާނުންނަށް އަންގަވާފައިވެއެވެ. އެކަމުގެ ސަބަބުން ރިޒްޤު ތަނަވަސްވެގެންދާ ސަބަބަކަށް ވެގެންދެއެވެ.
ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
عَنْ أَبِي تَمِيمٍ الْجَيْشَانِيِّ، قَالَ سَمِعْتُ عُمَرَ، يَقُولُ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ " لَوْ أَنَّكُمْ تَوَكَّلْتُمْ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ تَغْدُو خِمَاصًا وَتَرُوحُ بِطَانًا".
މާނައީ: (އަބޫތަމީމު އަލްޖައިޝާނީގެ އަރިހުން ރިވާވެގެން ވެއެވެ. ޢުމަރުގެފާނު ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. ރަސޫﷲ صلى الله عليه وسلم ޙަދީޘުކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "ﷲއަށް ވަކީލުކުރުން ޙައްޤުގޮތުގައި ތިޔަބައިމީހުން އެކަލާނގެއަށް ވަކީލުކޮށްފިނަމަ، ދޫންޏަށް ރިޒުޤުދެއްވާ ފަދައިން އެކަލާނގެ ތިޔަބައިމީހުންނަށް ރިޒުޤުދެއްވާނެއެވެ. އެ ސޮރުމެން ހެނދުނު (އުދުހިގެން) ދަނީ ހުސް ބަނޑާއެވެ. އަދި ހަވީރު (އެސޮރުމެން ނިދާތަނަށް) އެނބުރި އަންނަނީ ބަނޑުފުރަައިގެންނެވެ.)
ވީމާ އެނގިގެންމިދަނީ ހަމައެކަނި ވަކީލްކުރުމުން ނުފުދޭނެކަމާއި ރިޒުޤް ހޯދަން މަސައްކަތްވެސް ކުރަންޖެހޭނެ ކަމެވެ. ވީމާ ވަކީލުކުރުމާއިއެކު ރިޒުޤްހޯދަން ޙަލާލުގޮތުގައި މަސައްކްތކުރާށެވެ. އެމީހަކަށް ރިޒުޤް ދެއްވަވާމނެތެވެ. އިން ޝާ ﷲ