ދަމުނަމާދުކުރަން އަވަހަށްފަށާށެވެ! ދަމުނަމާދުގައި ދެމިތިބޭމީހުންގެ އީމާންތެރިކަމަށް މާތްﷲ ހެކިވެ ވޮޑިގަންނަވައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 44ސ
ދަމުނަމާދުކުރަން އަވަހަށްފަށާށެވެ! ދަމުނަމާދުގައި ދެމިތިބޭމީހުންގެ އީމާންތެރިކަމަށް މާތްﷲ ހެކިވެ ވޮޑިގަންނަވައެވެ!

އަޅުގަނޑުމެންގެ އީމާންކަމަށް ހެކި ވާނީ ކޮންބައެއްތޯއެވެ؟ ދަންނަވަންތޯއެވެ. ދަމުނަމާދުގައި ދެމިތިބޭމީހުންގެ އީމާންތެރިކަމަށް މާތްﷲ ހެކިވެ ވޮޑިގަންނަވައެވެ. 

އެކަލާނގެ ވަޙީ ކުރައްވަނީ: 

إِنَّمَا يُؤْمِنُ بِـَٔايَـٰتِنَا ٱلَّذِينَ إِذَا ذُكِّرُ‌وا۟ بِهَا خَرُّ‌وا۟ سُجَّدًا وَسَبَّحُوا۟ بِحَمْدِ رَ‌بِّهِمْ وَهُمْ لَا يَسْتَكْبِرُ‌ونَ  ﴿١٥ تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَ‌بَّهُمْ خَوْفًا وَطَمَعًا وَمِمَّا رَ‌زَقْنَـٰهُمْ يُنفِقُونَ ﴿١٦ فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّ‌ةِ أَعْيُنٍ جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ ﴿١٧  سورة السجدة 

މާނައީ: ”ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާކަން ކަށަވަރީ، އެ އާޔަތްތައް އެބަޔަކަށް ހަނދާންކޮށްދެވޭހިނދު، ސަޖިދަ އަށް ތިރިވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙް ކިޔާ މީހުންނެވެ. އަދި އެއުރެން ކިބުރު ވެރިއެއް ނުވާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާކުރާ ޙާލް އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢްމަތް ތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލު ތަކުގެ ޖަޒާއެއް ކަމުގައެވެ. “

މާތް ﷲ ގެ ދަރުބާރުގައި ރޭ އަޅުކަން ކުރާމީހުންނާއި އެހެންމީހުން ހަމަހަމަވުން ނަފީ ކުރައްވައެވެ.

މާތްﷲ ގެ ދަރުބާރުގައި ރޭ އަޅުކަން ކުރާމީހުންނާއި އެހެންމީހުން ހަމަހަމަވުން ނަފީ ކުރައްވައެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވަވަނީ: 

أَمَّنْ هُوَ قَـٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ‌ ٱلآخِرَ‌ةَ وَيَرْ‌جُوا۟ رَ‌حْمَةَ رَ‌بِّهِ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ إِنَّمَا يَتَذَكَّرُ‌ أُو۟لُوا۟ ٱلْأَلْبَـٰبِ ﴿٩  سورة الزمر 

މާނައީ: ” ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދައިގައްޔާއި، ޤިޔާމްގައި މަޑުމޮޅިވެ، އާޚިރަތް ދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަޙްމަތަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހްލްވެރިންނެވެ. “ 

- އައްޝައިޚް މުޙައްމަދު ނިހާދު ޖަމާލު

 

 

މިއަދު އޮންލައިން