ލޯތްބާ ދުޢާއިން ޙާޞިލްނުކުރެވޭނެ ކަމެއް ނެތް!: ޑޮކްޓަރުން ހުރިހާ އުންމީދުތަކެއް ކަނޑައިލި އަނބިމީހާ މިހާރު އުޅެމުން އެގެންދަނީ ހެޔޮ ޙާލުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ލޯތްބާ ދުޢާއިން ޙާޞިލްނުކުރެވޭނެ ކަމެއް ނެތް!: ޑޮކްޓަރުން ހުރިހާ އުންމީދުތަކެއް ކަނޑައިލި އަނބިމީހާ މިހާރު އުޅެމުން އެގެންދަނީ ހެޔޮ ޙާލުގަ!

ތެދުވެރި ލޯބިވެރިން މިހާރު މަދުކަމުން އެފަދަ މީހުން ދުނިޔޭގައި ނުވެސް އުޅޭކަމަށް ބުނާ މީހުން ބައިވަރެވެ. ގިނަ ބައަކު ބުނަނީ ހަމަ އެހެންނެވެ. ނަމަވެސް މިކިޔައިދެނީ އަނބިމީހާއަށްޓަކާ ފިރިމީހާ ކެނޑިނޭޅި ކުރަމުން ގެންދިއަ ދުޢާތަކުގެ ސަބަބުން ހިނގައިދިއަ ކަމެއްގެ ޥާހަކައެވެ.

މުހިންމީ މި ދެމަފިރިންގެ ނަމެއް ނޫނެވެ! ޢިބްރަތް ޙާޞިލުކުރަންވީ ދެމަފިރިންގެ ދިރިއުޅުމުންނެވެ. ދެ މީހުންނަކީވެސް އުމުރުން އެންމެ 29 އަހަރުގެ ދެމީހުންނެވެ.

އަނބިމީހާ ވިހަން އުޅުމުގެ ތެރޭގައި ލިބުނު ގެއްލުމުގެ ސަބަބުން ވެންޓިލޭޓަރުން ދުވަހަކުވެސް ނުނެގޭނެ ކަމަށް ޑޮކްޓަރުން ލަފާ ދިނެވެ. ވެންޓިލޭޓަރުން ނެގުނަސް މައިބަދައަށް ލިބިފައިވާ ގެއްލުންތައް ބޮޑުކަމުން ދެން އިށީޏދެ ނުއުޅެވޭނެކަމަށްވެސް ބުންނޏެވެ. ނަމަވެސް މިހާރުވަނީ ވެންޓިލޭޓަރުން ނެގިފައެވެ. އުނަގަނޑުން ތިރީގައި އަދިވެސް ވާގިނެތުމުން ފުރޮޅުލީ ގޮނޑިއެއްގައި އުޅެން ޖެހުނު ނަމަވެސް ޢާންމު ދިރިއުޅުމެއް އުޅެން ފެށިފައެވެ.

އަނބިމިހާ ބުނަނީ އޭނާއަށް އެ ޙާލަތަށް ރުޖޫޢަވެވުނީ އޭނާގެ ފިރިމީހާ ކެނޑިނޭޅިކުރަމުން ގެންދިއަ ދުޢާގެ ސަބަބުން ކަމަށާއި އޭނާގެ މަސައްތުން ކަމަށެވެ. ފިރިމީހާ ދޭ ލޯތްބާއި އަޅައިލުމާއި ހިތްވަރާއި ފޯރުކޮށްދޭ އެހީތެރިކަމުން ކަމަށެވެ.

"މިހާރުވެސް އަހަރެމެން ދެމަފިރިންގެ މެދުގައިވެސް ޚިޔާލުތަފާތުވާ ކަންކަން އެބަހުރި. ބައެއް ފަހަރު ޒުވާބުވެސް ކުރެވޭ. އެކަމަކު އަހަރެންގެ ހާލު ފިރިމީހާ ދަނޭ. އެހެންވެ އަހަރެން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް." ކަމަށް އަނބިމިހާ ބުނެއެވެ.

ކޮންމެ ދެމަފިރިއަކު ނަމަވެސް އެކަކު އަނެކެއްގެ ޙާލަތަށް ވިސްނައިގެން އިންސާނިއްޔަތުކަން ބަހައްޓައިގެން ދިރިއުޅެން މަސައްކަތްކުރާނަމަ އެކަމަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. ބޮޑެތި މުޞީބާތްތަކުންވެސް ސަލާމަތްކޮށްދެއްވަވާނެތެވެ. މުސްލިމުން ނޫން މީހުންނަށްވެސް އެކަލާނގެ ރަޙްމަތް ވަނީ ތަނަވަސްވެގެންނެވެ. އެއީ އެކަންކަމަށް ވިސްނައި އެމީހުން ވެސް ޙައްޤުގެ މަގަށް ރުޖޫޢަވުމަށް ފުރުޞަތު ދެއްވެވުމަށްޓަކައެވެ.

ނިކަން ވިސްނައިލަބަލާށެވެ! ދުވަހަކުވެސް ވެންޓިލޭޓަރުން ނުނެގޭނެ ކަމަށް ކުޅަދާނަ ޑޮކްޓަރުން ނިންމި އަންހެނަކު މިހާރު ދިރިއުޅެމުން އެގެންދަނީ ހިނިތުންވުމާއިއެކުގައެވެ. ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް ދުޅަހެޔޮ ޞިއްހަތެއްގައެވެ. ﷲ ތަޢާލާ މިންވަރުކޮށް ދެއްވަވާ ނިޢްމަތްތަކާއިމެދު ވިސްނައިލާ މީހަކަށް ޢިބްރަތަކަށް ނުވޭ ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން