ބައިވެރިޔާ ނުވަތަ އެކުވެރިންގެ ތެރެއިން މީހަކު ނުވަތަ އެނޫންވެސް މީހަކު ތިބާ ރުޅިއަރުވަން ނުބައިބަސްބުނާނަމަ އެންމެ ފަސޭހައިން ބަލިކޮށްލެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ބައިވެރިޔާ ނުވަތަ އެކުވެރިންގެ ތެރެއިން މީހަކު ނުވަތަ އެނޫންވެސް މީހަކު ތިބާ ރުޅިއަރުވަން ނުބައިބަސްބުނާނަމަ އެންމެ ފަސޭހައިން ބަލިކޮށްލެވޭނެ ގޮތް-

ގިނަ މީހުންނަށް އެންމެ ބޮޑަށް ކަންބޮޑުވެވޭ ވަޤުތަކީ ތިމާއާއި ދިމާއަށް ކޮންމެވެސް މީހަކު ނުބައިބަސްތައް ބުނާ ވަޤުތެވެ. ހަޤީޤަތުގައި ގިނަ މީހުންނަށް މީހަކު އެމީހުންގެ ގައިގައި ޖަހާ ވަޤުތައްވުރެވެސް އެވަޤުތު، ތިމާއާއި ދިމާއަށް ނުބައިބަސްތައް ބުނާ ވަޤުތު ކަންބޮޑުވެއެވެ. 

ސައިކޮލޮޖިސްޓުން ބުނަނީ އެޙާލަތުގައި އަނެކާއަށް އެންމެ ވަރުގަދައަށް ޙަމަލާދީ ބަލިކޮށްލެވޭނީ އަނގައިވެސް ނުބުނެ ހުރުމުން ކަމަށެވެ. އަދި އިސްދަށަށް ޖަހައިގެން ނުވާނެ ކަމަށާއި ބަލަންޖެހޭނީ އޭނާގެ މޫނަށް ކަމަށެވެ. 

އެހެން ނަމަވެސް ގިނަ މީހުންނަށް ޢަމަލުކުރެވޭ ގޮތަކީ ތިމާއާއި ދިމާއަށް މީހަކު އެއްޗެއްބުނެފިނަމަ އަވަހަށް ރައްދިދިނުމެވެ. ޤަބޫލުކުރެވެނީ މޮޅުވެވޭނީ އޭނާއަށްވުރެ ގިނަ އެއްޗެތި އޭނާއަށްވުރެ ބާރަށް ބުނެގެން ކަމަށެވެ. އެހެންވެ އެގޮތަށް ޢަމަލުކުރެވެނީއެވެ. 

އިސްލާމް ދީނަށް ބެލިނަމަވެސް ޢަމަލުކުރަން އޮތް ގޮތަކީ އަޅައިވެސް ނުލައި މަޑުން ހުރުމެވެ. އަނެކާގެ ދަރަޖައަށް ވެއްޓިނުގަނެ އޭނާ ކިޔާ އެއްޗެތި އަޑުއަހަން ހުރުމެވެ. އަޑުއަހަން ހުންނަން އުނދަގޫވާނަމަ ދުރަށް ދިއުމެވެ. އެމީހަކަށް ރައްދުދީ ޒުވާބުކުރުމެއް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން