ﷲ ގެ އިސްމްފުޅުތަކުން ދުޢާކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 17ސ
ﷲ ގެ އިސްމްފުޅުތަކުން ދުޢާކުރުން-

ޢާއިޝަތު ރަފާޙް ޢަލީ

 

އިންސާނުންނަކީ ފާފަ ކުރެވޭނެ ބައެކެވެ. ނަމަވެސް އަމިއްލައަށް ކުރެވޭ ފާފަތަކަށް ތައުބާވެ ރަނގަޅު މަގު އިޚްތިޔާރު ކުރުމަކީ އިންސާނާ އަމިއްލަައަށް ކުރަން ޖެހޭނެ ކަމެކެވެ. އަދި އަބަދުވެސް ފާފަތަކުން ރައްކާތެރިވުމަށްޓަކައި ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އޭގެތެރޭގައި ހިމެނޭ ބައެއް ބައިތައް މި ލިޔުމުގައި ބަޔާން ކޮށްލާނަމެވެ. 

·  އިންސާނާ އަމިއްލައަށް އަމިއްލަ ނަފްސު ކުށުން ރައްކާތެރ ކުރުމަށް ދުޢާ ކުރުން: 

އިސްރާ ސޫރަތުގެ 110 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَٰلِكَ سَبِيلًا ﴿١١٠﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه ގެ اسم ފުޅުން دعاء ކުރާށެވެ! ނުވަތަ رحمن ގެ اسم ފުޅުން دعاء ކުރާށެވެ! ތިޔަބައިމީހުން (އެކަލާނގެ اسم ފުޅުތަކުން) ކޮންމެ اسم ފުޅަކުން دعاء ކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެކަލާނގެއަށް الأسماء الحسنى (އޭ ކިއުނު اسم ފުޅުތައް) ވެއެވެ. އަދި ކަލޭގެފާނު ނަމާދުގައި މާއަޑުހަރުކޮށް ކިޔަވައިވިދާޅުނުވާށެވެ! އަދި އެ ނަމާދުގައި މާ މަޑުންވެސް ކިޔަވައިވިދާޅުނުވާށެވެ! އަދި އެދޭތެރޭގެ މެދުމިން މަގެއް ކަލޭގެފާނު قصد ކުރައްވާށެވެ! (110)" 

·  މަލާއިކަތްބޭކަލުން މުއުމިނަކަށްޓަކައި ފާފަފުއްސެވުމަށްއެދި ކުރައްވާ ދުޢާ: 

ޢާފިރް ސޫރަތުގެ 7 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ ﴿٧﴾‏

މާނައީ: "عرش އުފުއްލަވާ ملائكة ންނާއި، އޭގެވަށައިގެންވާ ملائكة ން އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ދަންނަވަތެވެ. އަދި އެކަލާނގެއަށް إيمان ވެތެވެ. އަދި إيمان ވިމީހުންނަށް ފާފަފުއްސެވުމަށް دعاء ކުރައްވަތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رحمة އާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، توبة ވެ، އިބަރަސްކަލާނގެ މަގަށް تبع ވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ عذاب ން އެއުރެން މުއްތިކުރައްވާނދޭވެ! (7)"

 

މިއަދު އޮންލައިން