އިޞްލާޙްކުރަމާ!: ތަނަވަސްކަން ހުންނަ ފިރިއަކުނަމަވެސް ހަރުކަށިކަމާއެކު މުޢާމަލާތުކުރުމަކީ އަނބިން ފޫހިވެ ވަކިވާ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
އިޞްލާޙްކުރަމާ!: ތަނަވަސްކަން ހުންނަ ފިރިއަކުނަމަވެސް ހަރުކަށިކަމާއެކު މުޢާމަލާތުކުރުމަކީ އަނބިން ފޫހިވެ ވަކިވާ ސަބަބެއް!

ބައެއް މީހުން ދެކެނީ ހަރުކަށިކަމާއިއެކު މުޢާމަލާތުކުރުމަކީ އެމީހާގެ ޤަދަރާއި ޢިއްޒަތް އުފުލޭނެ ކަމެއް ކަމަށެވެ. އަދި އޭނާގެ ބަސްވިކޭނެވެސް ސަބަބެއް ކަމަށެވެ. އެހެންވެ ބައެއް ފިރިން އަނބިންނާއި މުޢާމަލާތުކުރަނީވެސް ވަރަށް ހަރުކަށިކޮށެވެ. ނަމަވެސް މިއީ ކުރެވޭ ވަރަށްބޮޑު ކުށްހީއެކެވެ. 

ހަރުކަށިކޮށް މުޢާމަލާތުކުރާނަމަވެސް ކިޔަމަންތެރިކަން އަދާކުރާނެއެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި ފިރިމީހާގެ މައްޗަށް ހިތްސާފުވެގެނެއް ނޫނެވެ. މަޖުބޫރުވާތީއެވެ. އެއިގެ ބަދަލުގައި އޯގާތެރިކަމާއިއެކު ރިވެތި ގޮތުގައި މުޢާމަލާތުކުރާނަމަ ކުރާ ޤަދަރު މާބޮޑުވާނެއެވެ. ކިޔަމަންތެރިކަން އަދާކުރާ މިންވަރުވެސް އިތުރުވެގެންދާނެއެވެ.  

ރަނގަޅަށް ވިސްނާށެވެ! ހަރުކަށިކަމާއިއެކު މުޢާމަލާތުކުރާނަމަ އެމީހަކަށް ކުރާނީ ނަފްރަތެވެ. ދެމަފިރިންކަމުގައިވީ ނަމަވެސްމެއެވެ. އަދި މުވައްޒިފުންނާއި ކުރާ މުޢާމަލާތައްވީނަމަވެސް އަދި އެކުވެރިންނާއި ގާތްތިމާގެ މީހުންނާއިއެކު ކުރެވޭ މުޢާމަލާތަށްވީނަމަވެސްމެއެވެ. އަދި ކީއްހެއްޔެވެ؟ ދީނީ ނަޞޭޙަތް ދިނުމުގައިވެސްމެއެވެ.  

އަހުރެން މަސައްކަތްކުރާ އޮފީހުގައި ކަންތައް މެދުވެރިވާ ގޮތް ބުނެލާނަމެވެ. ވެރިމީހާއަކީ ވަރަށް ދޫނުބައި އަދި ހަރުކަށި ބަހުރުވައިން މުޢާމަލާތުކުރާ މީހެކެވެ. އެހެންވެ ގަންނަ ބިރަކުން ކިޔަމަންތެރިކަން އަދާކުރިނަމަވެސް އަބަދުވެސް ތިބެނީ އެހެން އޮފީހަކަށް ބަދަލުވާނެ ފުރުޞަތަކަށް ބަލަބަލައެވެ. ފުރުޞަތު ލިބޭއިރަށް ބަދަލުވެއެވެ. އަހުރެން ނޫނީ އެއޮފީހުގައި 2 އަހަރުވީ މުވައްޒިފަކުވެސް ނެތެވެ.  

ހަމައެފަދައިން އަހުރެންނަށް ހަޤީޤަތް އެނގޭ އެކުވެރިންނަށް ބެލިނަމަވެސް ހަރުކަށިކޮށް މުޢާމަލާތުކުރާ ފިރިންނާއިއެކު އުޅެން ބޭނުންނުވެގެން ކިތަންމެ އަނބިންނެއް އެމީހުންނަށް ލިބުނު ތަނަވަސް ފިރިންނާއި ވަކިވެއްޖެއެވެ. ވަކިވެ ކައިވެނިކުރީވެސް ތަނަވަސްކަމެއް ނެތް އާދައިގެ ފެންވަރުގެ މީހުންނާއިއެވެ. ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަނީވެސް ހަމަ އުފަލުގައެވެ.  

އަޅުގަނޑު މިވާހަކަތައް މިލިޔުނީ ޝައިޚަކަށްވާތީއެއް ނޫނެވެ. ނަމަވެސް މިކަންކަން މިބަޔާންކުރި ފަދައިން ފެނި ތަޖުރިބާކުރެވޭ މީހެއްގެ ޙައިޞިއްޔަތުންނެވެ. މިއީ އެންމެން އެއްބާރުލައިގެން އިޞްލާޙްކުރަންޖެހިފައިވާ ކަމެއްކަމަށް ޤަބޫލުކުރެވޭތީއެވެ.

- މިއަދުނޫހުގެ ކިޔުންތެރިއެއް 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

"ޝައިޚް ދީދާތު އަވަހާރަވެވަޑައިގަތުމުގެ ތަންމަތީގައި އޮންނަވަނިކޮށް ދީދާތުގެ އަރިހަށް ދެވުނު. އެންމެ ފަހުގެ ނަޞޭޙަތަކަށް ވެސް ވިދާޅުވީ އިދިކޮޅު މީހުން ކިތަންމެވަރަކަށް އެއްޗެތި ކިއައި ހެދި ނަމަވެސް ރުޅި ނައުމަށް. ރިވެތި ގޮތުގައި މުޢާމަލާތުކުރުމަށާއި ކާމިޔާބު ލިބޭނެ ކަމަށްވެސް ވިދާޅުވި." އަދި ތިމަންނާ އަދިވެސް މިހަފަހައްޓަނީ އެ ނަޞޭޙަތުގައި ކަމަށް ވެސް މުފްތީ މެންކު ވިދާޅުވިއެވެ.   

މިއީ މުފްތީ މެންކް ދުރުބައެއްގެ ގާތުގަ ވިދާޅުވި ވާހަކައެއް ނޫނެވެ. ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ގާތުގައި ވިދާޅުވި ވާހަކަފުޅެކެވެ. މިއަދުނޫހާއި ރާއްޖޭގެ ޢިލްމުވެރިއަކު މިބަސްފުޅު ޙިއްޞާކުރެއްވުމުން އެއިރުވެސް ވާނީ މިބަސްފުޅުގެ ޚަބަރު ގެނެސްދެވިފައެވެ.  

ދެން މިގެނެސްދެނީ އެބައްދަލކުވުމުގައި މުފްތީ މެންކް ވިދާޅުވި އިތުރު ބައެއް ބަސްފުޅުތަކެވެ.  

ޢިލްމުވެރިންނަށް ހުރަސްތައް ކުރިމަތިވާނެ އެވެ. އެކަންކަމަށް އަބަދުވެސް ސާބިތުކަމާއިއެކު ކެތްތެރިވާންޖެހޭނެއެވެ.   

ކެތްރިވެ ޢާންމުންނަށް ރިވެތި ނަމޫނާ ދައްކާށެވެ! ހަރުކަށި ނުވާށެވެ! މަޑުމަތިރިކަމާއި އޯގާތެރިކަމާއިއެކު ދީނީ ނަޞޭޙަތް ދިނުމަށް އިލްތިމާސް ކުރަމެވެ! އަދި ރަސޫލް () ދައްކަވާފައިވާ ނަމޫނާއަކީވެސް އެއީއެވެ.

 

 

 

މިއަދު އޮންލައިން