ބައިވެރިޔާގެ މައްޗަށް ތިމާ ބޭނުންވާ ގޮތް ގަދަކުރަން ބޭނުން ހެއްޔެވެ؟ ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބައިވެރިޔާގެ މައްޗަށް ތިމާ ބޭނުންވާ ގޮތް ގަދަކުރަން ބޭނުން ހެއްޔެވެ؟ ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!

ކައިވެންޏަށްފަހު ގިނަ ދެމަފިރިންގެ މެދުގައި އެންމެ ބޮޑަށް މައްސަލަޖެހޭ އެއްކަމަކީ ތިމާ ބޭނުންވާ ގޮތް ގަދަކުރަން ބޭނުންވުމެވެ. ކޮންމެ ކަމެއްވެސް ކުރެވެން ޖެހޭނީ ތިމާ ބޭނުންވާ ގޮތަށް ކަމަށް ޤަބޫލުކުރެވުމެވެ. 

މިއީ ރަނގަޅު ގޮތެއް ނޫނެވެ. ދެމީހުން ބޭނުންވާ ގޮތަށްވެސް ކަންކަން ކުރެވެންޖެހޭނެއެވެ. ސުވާލަކީ ތިމާ ބޭނުންވާ ގޮތް ކާމިޔާބުކުރަން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ މިއީ ހަަމ ވަރަށް ބޮޑަށް ވިސްނުންތެރިވާންޖެހޭނެ ކަމެކެވެ. 

ތަޖުރިބާގެ ޢަލީގައި ގިނަ މީހުން ބުނަނީ ތިމާ ބޭނުންވާ ގޮތް ކާމިޔާބުކުރެވޭނެ އެންމެ ކާމިޔާބު ޙިކުމަތަކީ ދޫދީފައި ވާންކޮށްލުންކަމަށެވެ. މިސާލަކަށް އަބަދު ކުރިމަތިވާނީ އެއްވަރެއްގެ ކަންތައްތަކެއް ނޫނެވެ. ބޮޑެތި ކަންތަކާއި ކުދިކުދި ކަންކަން ދާނީ ކުރިމަތިވަމުންނެވެ. 

ވީމާ ކުދިކުދި ކަންކަމުގައި އަނެކާ ބޭނުންވާ ގޮތަށް ދޫދޭނީއެވެ. ބޮޑުކަމެއް ޖެހުމުން ތިމާ ބޭނުންވާ ގޮތަށް ނިންމުވަން ބާރުއަޅާނީއެވެ. ބައިވެރިޔާއަކީ ރަނގަޅު މީހަކު ނަމަ އެހިސާބުން އޭނާގެ ގޮތް ދޫކޮށްލާނެއެވެ. ތިބާ ބޭނުންވާ ގޮތަށް ފުރުޞަތުދޭނެއެވެ. 

އެއީ ކީއްވެގެން ހެއްޔެވެ؟ ކުރިން އެތައް ބައިވަރު ކަންތަކުގައި ތިބާ އޭނާއަށް ދޫދީފައި އޮތުމުންނެވެ. ތިބާ ބޭނުންވާ ގޮތަށްވެސް ކަންތައްތަކެއް ނިމެންޖެހޭނެ ކަމަށް ޤަބޫލުކުރެވޭނެތީއެވެ. އިންޞާފަށް ލޯބިކުރުމަކީ އެއީ ކަމަށްވާތީއެވެ. 

ބައެއް މީހުން މިފަދަ ގޮތްގޮތަށް ނުވިސްނާތީ ކޮންމެ ކަމެއްވެސް ތިމާ ބޭނުންވާ ގޮތަށް ނިންމަން ހިފަނީއެވެ. އެކަމުގެ ނަތީޖާ ރަނގަޅެއް ނުވާނެއެވެ. އެއީމާ އަމިއްލަ އެދުން ބޮޑު މީހެއްކަމަށާއި އެފަދަ މީހަކާއިއެކު ދިރި ނުއުޅެވޭނެ ކަމަށް ބަލައި ދުރަށް ދިއުން އޮންނާނީ ދާދި ގާތުގައެވެ.

މިއަދު އޮންލައިން