ޢާއިޝަތު ރަފާޙް ޢަލީ
ހެޔޮ ޢަމަލުގެ ސަބަބުން ދެވަނައަށް ލިބޭ ފައިދާ އަކީ އެމީހެއްގެ މުދަލާއި ޢާއިލާއާއި އަދި ދަރިން މާތްﷲ ރައްކާތެރިކޮށްދެއްވާނެއެވެ.
ބަނޫ އިސްރާއީލުގެ މީހުންނަށް އެއްދުވަހު މޫސާގެފާނު ޚުތުބާ ދެއްވެވިއެވެ. އެކަލޭގެފާނަށް ސުވާލު ދެންނެވުނެވެ. އެންމެ ޢިލްމުވެރިވެރި މީހަކީ ކޮން ބޭކަލެއް ހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އެންމެ ޢިލްމުވެރި މީހަކީ ތިމަންކަލޭގެފާނެވެ. ދެން ﷲ ތަޢާލާ އެކަލޭގެފާނަށް ޚިޟްރްގެފާނާ ބައްދަލުކުރެއްވުމަށް އެންގެވިއެވެ.
ދެން ޚިޟްރުގެފާނު މޫސާގެފާނަށް ބައެއް ކަންކަން އުނގަންނަވާދެއްވިއެވެ. އެކަންކަން ކަހަފް ސޫރަތުގައި ބަޔާން ކުރައްވާފައިވެއެވެ. އޭގެތެރެއިން މިލިޔުމުގައި މިބަޔާން ކޮށްލަނީ ކަހަފް ސޫރަތުގައިވާ ވާހަކަތަކުގެ ތެރެއިން ޞާލިޙް ފިރިހެނެއް އޭނާ މަރުވުމުން އެކުދީންތައް ޔަތީމްވިއެވެ. ނަމަވެސް ﷲ ތަޢާލާގެ ރަޙްމަތުން އެފާރުގެ ދަށުގައިވާ ޚަޒާނާ ފޮރުއްވާދެއްވިއެވެ.
އެކަން އަޅުގަނޑުމެން ކަހަފް ސޫރަތުގެ 82 ވަނަ އާޔަތުންވެސް އެނގިގެންދެއެވެ.
وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُ عَنْ أَمْرِي ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا ﴿٨٢﴾
މާނައީ: "އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ يتيم ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް خزانة އެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕާއަކީ، صالح މީހެއް ކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ خزانة، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އޮތް رحمة އެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނު އެކަންތައްކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ رأى އަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ تفسير އެވެ. (82)"
މިވާހަކައިން އަޅުގަނޑުމެންނަށް ވަރަށް ގިނަ ޢިބްރަތްތައް ލިބެއެވެ. އެގޮތުން އަޅުގަނޑުމެން ދުނިޔޭގައި އުޅޭއިރު ވީހާވެސް ގިނައިން ހެޔޮ ޢަމަލުކުރުމާއި އަދި އަނެއް ކަމަކީ މީހުންނަށް އެހީވުމުގެ މުހިއްމުކަމެވެ. އަދި އެންމެ މުހިއްމު ކަމަކަށް އަޅުގަނޑުމެންނަށް ނޭނގޭ އެތައް ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެން ވާނެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހެއެވެ.
ﷲ ތަޢާލާ ތަޙްރީމް ސޫރަތުގެ 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ. (6)"