ބައިވެރިޔާގެ ލޮލުން އަޅަން ޖައްސުވާ އެންމެ ކަރުނަ ތިއްކަކަށްވެސް ފައިސާއިން އަގެއް ނުދެވޭނެ! އެއީ ނުކުރެވޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ބައިވެރިޔާގެ ލޮލުން އަޅަން ޖައްސުވާ އެންމެ ކަރުނަ ތިއްކަކަށްވެސް ފައިސާއިން އަގެއް ނުދެވޭނެ! އެއީ ނުކުރެވޭނެ ކަމެއް!

އަހުރެން މުޚާޠަބް މިކުރަނީ އަނބިންނަކަށް ނުވަތަ ފިރިންނަކަށް ނޫނެވެ. އަނބިންނަށާއި ފިރިންނަށެވެ. ވީމާ އަނބިންވެސް އަދި ފިރިންވެސް ރަނގަޅަށް އަޑުއަހާށެވެ. 

އަނބިމީހާގެ ކިބައިގައިވެސް އަދި ފިރިމީހާގެ ކިބައިގައިވެސް އަދި ދެމަފިރިންގެ ކިބައިގައިވެސް ތަނަވަސްކަން ހުރެދާނެއެވެ. ކިތަންމެ ބޮޑު ހޭދައެއް ކުރެވޭވަރަށްވެސް ތަނަވަސްކަން ހުރެދާނެއެވެ. ބޭނުން ކޮންމެ އެއްޗެއް ގަނެވެސްލެވިދާނެއެވެ. 

ނަމަވެސް ފައިސާއިން އަގު ނުދެއްކޭނެ އެއްޗެއްވެއެވެ. އެއީ ލޮލުން އޮހޮރަންޖެހޭ ކަރުނައެވެ. ބުނަންހެއްޔެވެ؟ ލޮލުން އޮހޮރަންޖެހޭ އެންމެ ކަރުނަ ތިއްކެއްގެ އަގުދެއްކުމަކީވެސް ކިތަންމެ ގިނަ ފައިސާއެއް ހޭދަކުރިނަމަވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ބައިވެރިޔާގެ ބުރަދަނަށް ރަންދިނަސް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ދެމީހުންވެސް ޤަބޫލުކުރަންޖެހޭނެއެވެ. 

ވީމާ ދެމީހުން އުފަލުގައި ދިރިއުޅެން ބޭނުންވާނަމަ އަނެކާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާށެވެ. އެންމެ ކަރުނަ ތިއްކެއްވެސް އޮހޮރަން ނުޖައްސުވާށެވެ. ދެމީހުން އެކަކު އަނެކަކަށް އަޅާލައި އެހީތެރިވާނަމަ އަދި އަނެކާގެ އަގުވަޒަންކުރާނަމަ ހިތުގައި ޖެހޭކަށް ނުޖެހޭނެއެވެ. 

އެންމެ ގިނައިން ކަރުނައަޅަންޖެހެނީ ބޭވަފާތެރިވާތީއެވެ. ވީމާ ބޭވަފާތެރިވުންކަމަށް މާނަކުރެވޭނެ ކަމެއްވެސް ނުކުރާށެވެ. ކައިވެނިކުރާއިރުފަދައިން ލޯބިވެގެން ތިބެ ދިރިއުޅެން މަސައްކަތްކުރާށެވެ. އުފާވެރިކަމުގެ ތަޅުދަނޑިއަކީ އެއީއެވެ. 

- މިއީ ކައިވެނީގެ ކަންކަމުގައި ލަފާދޭ ދުނިޔޭގެ ފެންވަރުގެ ބޭފުޅަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ.

މިއަދު އޮންލައިން