ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ގިނަވެ ޙައްލުކުރަން އުނދަގޫވަނީ ލޯތްބާ ރުޅިވެރިކަމާ ދެކަން އެކުގަ ހިތުގަ ގެންގުޅޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ގިނަވެ ޙައްލުކުރަން އުނދަގޫވަނީ ލޯތްބާ ރުޅިވެރިކަމާ ދެކަން އެކުގަ ހިތުގަ ގެންގުޅޭތީ!

ދެމަފިރިންގެ މެދުގައި އެންމެ ގިނައިން މައްސަލަ ޖެހޭ އެއް ސަބަބަކީ ބައިވެރިޔާގެ މައްޗަށް ލޯތްބާއި ރުޅިވެރިކަމާއި 2 ކަންތައް އެކުގައި ހިތުގައި ބާއްވައިގެން ދިރިއުޅެން މަސައްކަތްކުރާތީއެވެ! އެއީ ހަމަ އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ!  

ލޯތްބާއި ރުޅިވެރިކަމަކީ ދުވަހަކުވެސް އެއްކުރެވޭނެ ދެކަމެއް ނޫނެވެ! ވީމާ ހިތުގައި 2 ކަންތައް ބޭއްވުމުން އަބަދުވެސް ހިތުތެރޭގައި އެކަތި އަނެކައްޗަށް ޒުވާބުކުރާނެއެވެ. ތަޅައިފޮޅާނެއެވެ. އެކަތީގެ މައްޗަށްވެރިވެގަންނަން އަނެކަތި މަސައްކަތްކުރާނެއެވެ. އެކަމުގެ ސަބަބުން އިންސާނާއަށް އަބަދުވެސް ދާނީ މައްސަލަތައް ކުރިމަތިވަމުންނެވެ.  

ޞިއްހީ ގޮތުން ބަލާނަމަ ލޭމައްޗަށްދާނެއެވެ. ރުޅިގަދަވެވޭތީ އެކަމުގެ ސަބަބުތައް ނާރުތައް ދާނީ ބަލިކަށިވަމުންނެވެ! ދުނިޔެ މަތިންނާއި ދިރިއުޅުންމަތިން ފޫހިވެ، މާޔޫސްވެ ނަފްސާނީ މައްސަލަތައް ކުރިމަތިވާން ފަށާނެއެވެ!  

މީގެ އިތުރުން ފަސޭހައިން ހަނދާން ނެތުމުގެ މައްސަލަތައް ވެސް ކުރިމަތިވާނެއެވެ. ނަމާދުގައި ދޭންޖެހޭ ސަމާލުކަންވެސް ނުދެވޭ ހާލަތަށް ކަންކަން ދާނެއެވެ. މިއީ ހަމަ އެންމެންވެސް މިކަމުގައި ކުރަމުންދާ ތަޖުރިބާއެވެ!  

ޙައްލު:

މިކަމުގެ ޙައްލަކީ ރުޅި އަންނަން ޖެހޭ ކަމެއް މެދުވެރިވި ނަމަވެސް އެކަމަކަށް މަޝްވަރާކޮށް އަވަހަށް މައްސަލަ ޙައްލުކުރުމެވެ. އެކަންތައް ދާއިމީ ކަމެއްގެ ގޮތުގައި ހިތުގައި ނުބޭއްވުމެވެ! ކުށް ޤަބޫލުކުރުމާއި މާފަށް އެދުމާއި މާފުކުރުމުގެ ރިވެތި އުޞޫލަށް ދެމަފިރިންވެސް ޢަމަލުކުރުމެވެ! 

ލޯތްބާ ރުޅިވެރިކަން އެއް ހިތެއްގައި ގެންގުޅެން އުޅޭނަމަ ޞިއްޙީ މައްސަލަތައް ކުރިމަތިވެ މީހާ ދާނީ ބަލިކަށިވަމުންނެވެ! ރުޅިވެރިކަން ނުބާއްވައި ލޯބިން ހިތްފުރާލުމަކީ ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމުގެ އެންމެ މުހިންމު އަސާސެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން