އެކުވެރިންނަށް ޙިއްޞާކޮށްލައްވާ! ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ. އެންމެ 2 މިނިޓުން ކުރެވޭ މިކުޑަކުޑަ ޢަމަލު ނުކުރާ މީހަކަށް ތިމާއަކީ ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދޭ މީހެއް ކަމަށް ބުނެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އެކުވެރިންނަށް ޙިއްޞާކޮށްލައްވާ! ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ. އެންމެ 2 މިނިޓުން ކުރެވޭ މިކުޑަކުޑަ ޢަމަލު ނުކުރާ މީހަކަށް ތިމާއަކީ ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދޭ މީހެއް ކަމަށް ބުނެވޭނެތަ؟

އެލުވެރިންނަށް ޙިއްޞާކޮށްލަންވީ އެމީހުންނަށް ހަނދުމަކޮށްލައި ދިނުމަށެވެ. ތިބާގެ ސަބަބުން މީހަކު ހެޔޮކަމެއްކުރަން ފަށައިފިނަމަ އެމީހާއަށް އެއްވެސް މިންވަރެއް އުނިނުކުރައްވަވައި އޭނާކުރާ ހެޔޮ ޢަމަލުން ތިބާއަށްވެސް ޘަވާބުދެއްވަވާނެތެވެ! އިން ޝާ ﷲ

ރަސޫލާ ﷺ ޙަދީޘް ކުރެއްވެވި: "މީހެއްގެ ފާފަތައް ކަނޑުގެ ފޮނުގަނޑާއި އެއްވަރަށްހުރިނަމަވެސް سبحان الله وبحمده (ސުބްޙާނަﷲ ވަބިޙަމްދިހީ) މިފަދައިން ދުވާލަކު ސަތޭކަ ފަހަރު ކިޔައިފި މީހެއްގެ ފާފަތައް ﷲ ފުއްސަވާދެއްވާނެއެވެ."

މިއީ ހެނދުނާއި ހަވީރު 100 ފަހަރު ކިޔުން ވާރިދުވެގެންވާ ޛިކުރުތަކުގެ ތެރޭގައިވެސް ހިމެނޭ ޛިކުރެކެވެ. ކިޔެވުމުން އެހައި ބޮޑު ނިޢްމަތެއް ލިބެން އޮތްއިރު،ޢާންމުކޮށް ކިޔާ މީހަކަށް 100 ފަހަރު ކިޔާލަން ހޭދަވާނީ އެންމެ 2 މިނިޓްއިރެވެ. އެވަރު ނުކުރެވޭނަމަ ތިމާ އަކީ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދޭ އަޅަކުކަމުގައި ދަންނަވާނީވވެސް ކިހިނަކުންހެއްޔެވެ؟  

އަޅުގަނޑުމެންނަކީ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔާ ބައަކަށްވަމާތޯއެވެ! އަދި ދަރިން އެކަމަށް އާދަކުރުވަމާތޯއެވެ!  

- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން