މަރުވެ ވަޅުލެވުމާއިއެކު ވީހައި އަވަހަކަށް ޤިޔާމަތްވެ ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުވުމަށް އެދޭނެ މީހަކަށް ތިބާއަށްވެސް ވެވޭނެ! އެންމެ ކާމިޔާބު މީހުންނަކީ އެއީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މަރުވެ ވަޅުލެވުމާއިއެކު ވީހައި އަވަހަކަށް ޤިޔާމަތްވެ ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުވުމަށް އެދޭނެ މީހަކަށް ތިބާއަށްވެސް ވެވޭނެ! އެންމެ ކާމިޔާބު މީހުންނަކީ އެއީއެވެ!

މީސްތަކުން އަބަދުވެސް ބޭނުންވާނީ އެމީހަކު ބޭނުންވާ ކަންތައް ޙާޞިލުވުމެވެ! އަދި އެކަން ވީހާއަވަހެއްވުމަށެވެ. ވީމާ ލޯބިވާނީވެސް އެމީހާ ޙާޞިލުކުރަން ބޭނުންވާ ކަންތައް ދެކެއެވެ! އެކަމެއް ޙާޞިލުކުރެވުމުން އެކަންކޮށްދިން މީހާގެ އެއްވެސް ބޭނުމެއް ނުއޮވެއެވެ.

ﷲ ތަޢާލާ މުޅިން ތަފާތެވެ! މީހަކު ﷲ ތަޢާލާ އަށް ލޯބިކުރާނަމަ އެމީހަކަށްވުރެ މާބޮޑަށް އެމީހަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ! އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެނެއްވެސް ނުވެއެވެ! އެމީހަކު ކުރާ ކޮންމެ ހެޔޮކަމެއްގެ ފައިދާ އޮތީ ހަމަ އެމީހަކަށެވެ!

ﷲ ތަޢާލާއަށް ލޯބިވުންމަތީގައި ސާބިތުވެއްޖެ މީހަކަށް ދުވަހަކުވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ! އަދި ކީއްހެއްޔެވެ؟ މަރުވެ ވަޅުލެވުމާއިއެކު އެމީހާއަށް ސުވަރުގެއިން ދެއްވަވާނެ މަތިވެރި މަޤާމް ކޮންމެ ދުވަހަކު އެމީހަކަށް ދައްކަވާނެތެވެ!

ދުނިޔޭގައި ހުންނައިރު އެއްވެސް މީހަކު މަރުވުމަކަށް އަދި ޤިޔާމަތްވުމަކަށްވެސް ނުއެދޭނެއެވެ. ނަމަވެސް ކައްވަޅުގައި އެމީހާއަށް ސުވަރުގެއިން ދެއްވަވާނެ ދަރަޖަ ދައްކަވާ ހިނދުން ފެށިގެން އޭނާ އެންމެ އެދޭނީ އަވަހަށް ޤިޔާމަތްވެ ހިސާބު ބެއްލެވި ނިމި އޭނާއަށް ސުވަރުގެއިން ދެއްވަވާނެ މަތިވެރި މަޤާމް ލިބުމަށެވެ.

ވީމާ ނިކަން ބުނެބަލާށެވެ! މަސައްކަތްކުރަންވީ މީހެއްގެ ލޯބި ހޯދަން ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން ހެއްޔެވެ؟ މީހެއްގެ ލޯބި ހޯދަން ކުރާ މަސައްކަތުގައި ކިތަންމެ ބޮޑު ހޭދައެއް ކުރި ނަމަވެސް އަދި ކިތަންމެ ބޮޑު ޤުރްބާނީއެއްވީ ނަމަވެސް އެއްވެސް މީހެއްގެ ލޯތްބަކީ ލިބޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އޮތް އެއްޗެއް ނޫނެވެ! ލިބިފައި އިސާހިތަކު ގެއްލިގެންވެސްދާ އެއްޗެކެވެ. އެހެނަސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދިގެން މަސައްކަތްކުރާނަމަ އެއީ ޔަޤީންކަން އޮތް ކަމެކެވެ. އެއްވެސް މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ އެކަން އެމީހަކާއިއެކު އަބަދުވެސްވާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން