ދަހިމީހުންނާ ގުޅުން ނުބާއްވާށެވެ! އެކަމުން ލިބޭނީ އިތުރު އަނިޔާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ދަހިމީހުންނާ ގުޅުން ނުބާއްވާށެވެ! އެކަމުން ލިބޭނީ އިތުރު އަނިޔާއެވެ!

ދަހި މީހުން ކިޔަނީ އެމީހުންގެ އަމިއްލައެދުން ކުރިއަށް ނެރެގެން އުޅޭ މީހުންނަށެވެ. އެފަދަ މީހުން އެހެން މީހުންގެ ކިބައިން ލިބެން އޮތް ކޮންމެ އެއްޗެއްވެސް ބޭނުންވާނެއެވެ. ނަމަވެސް އެހެން މީހަކަށް އެއްވެސް އެއްޗެއް ދޭކަށް ބޭނުމެއް ނުވާނެއެވެ. 

މިފަދަ މީހުން އެމީހުންގެ ބޭނުންތައް ފުދޭނަމަ ވަރަށް ބޮޑަށް ގުޅިގެން އުޅޭނެއެވެ. އަދި އެމީހުންގެ ބޭނުންތައް ނުފުދޭނަމަ އަވަސް އަވަހަށް އެމީހަކާއި ދުރުހެލިވާނެއެވެ. 

މިސިފައަކީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. މުސްލިމުންގެ ސިފައަކަށްވާންޖެހޭނީ ދީލަތިވުމެވެ. އެމީހެއްގެ ކިބައިގައި ފުދުންތެރިކަން ހުރިވަރަކުން އެހެން މީހުންނަށް އެހީތެރިވުމެވެ. އެކަމުގައި އޮތް އެންމެ މަތީ ހަރުފަތަކީ ތިމާގެ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް އެހެން މީހުންނަށް އެހީތެރިވުމެވެ. 

ޞަދަޤާތްކުރާއިރުވެސް ތިމާޢަށް ބޭނުންވެގެން ހުންނަ އެއްޗެއް އެހެން މީހަކަށް ދިނުމުން ދެއްވަވާ ޘަވާބު ގިނަވަނީ އެހެންވެގެންނެވެ. ޞަދަޤާތްކުރަންވީ ތިމާއަށް ބޭނުންނުހިފި ބާކީވެފައި ހުންނަ ތަކެއްޗެއް ނޫނެވެ. ބޭނުންހިފޭ ތަކެއްޗެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން