ދިރިއުޅުމަކީ ޖަހަންޖެހޭ ރޭހެއް! ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ކާމިޔާބުކުރެވޭނީ އެއްވާނެއްގަ ހިފަހައްޓާލެވޭ މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދިރިއުޅުމަކީ ޖަހަންޖެހޭ ރޭހެއް! ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ކާމިޔާބުކުރެވޭނީ އެއްވާނެއްގަ ހިފަހައްޓާލެވޭ މީހުންނަށް!

ކޮންމެ މީހަކަށްވެސް އޮތީ އެމީހަކު ކުރާ އަޅުކަމުގައި ސާބިތުވެ ހުރުމެވެ. އެންމެ މުހިންމީ ކުރަމުން ދާ އަޅކަން ކޮންމެ ދުވަހަކުވެސް އެއްމިނެއްގައި ކުރަމުން ގެންދިއުމެވެ. ބައެއް ދުވަސްވަރު ގިނައިން އަޅުކަންކޮށްފައި އަނެއްބައި ދުވަސްވަރު އަޅުކަމާއި ދުރުހެލިވުމުން އަންގައިދެނީ އެމިހާގެ ކިބައިގައި އެއްވެސް ސާބިތުކަމެއް ނެތްކަމެވެ.   

އެހެނީ ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ އެކަމެއް ކުރުމުގައި ސާބިތުވެހުރެވޭ ޢަމަލުތައް ކަމެވެ. އެއީ ކިތަންމެ މަދު ހެޔޮ ޢަމަލުކަމުގައިވީނަމަވެސްމެއެވެ.  

Hadith on Habits: Best deeds are consistent, even if small 

Abu Huraira reported: The Messenger of Allah, peace and blessings be upon him, said,

“Take up good deeds only as much as you are able, for the best deeds are those done regularly even if they are few.”

Source: Sunan Ibn Mājah 4240

Grade: Sahih (authentic) according to Al-Albani  

ދުނިޔޭގައި އަހަރެމެން މިއުޅޭ ދިރިއުޅުމަކީވެސް ރޭހެކެވެ. ނަމަވެސް އެ ރޭސް ކާމިޔާބުކުރެވެނީ އެންމެ ބާރަށް ފުންމައިގަންނަ ނުވަތަ އެންމެ ބާރަށް ދުވާ އަދި ގައިގެ އެންމެ ބާރުގަދަ މީހާއަކަށް ނޫނެވެ!  

ދިރިއުޅުމުގެ ރޭސް ކާމިޔާބުކުރެވޭނީ އެއް ބުންވަރެއްގައި ދުލެއް ނުދީ ސާބިތުކަމާއިއެކު ރޭސްޖަހަމުން ގޮސް ރޭސް ނިންމާ މީހުންނަށެވެ. ވޭނާއި ކެކުޅުންތައް ތަޙައްމަލް ކުރަން ޖެހުނު ނަމަވެސް ދުލެއް ނުދީ ރޭސް ކުރިއަށް ގެންދާ މީހުންނަށެވެ. އީމާންކަމުގައި ކިތަންމެ ކުޑ ނަމަވެސް ދުލެއް ނުދީ ސާބިތު ކަމާއިއެކު ރޭސްޖަހަމުންދާ މީހުންނަށެވެ! ތިބާގެ ކިބައިގައި މި ޝަރުޠުތައް ހަމަވޭ ހެއްޔެވެ؟ 

- މުފްތީ މެންކްގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން