ތަފާތު ސަބަބުތައް މެދުވެރިވެ އީމާންކަން ބަލިކަށިވަމުން އަންނަކަން ބައެއް މީހުންނަށް އިޙްޞާޞް ކުރެވެއެވެ. އެފަދަ މީހުންނަ ކުރެވިދާނެ ކަންކަމުގެ ތެރޭގައި މި 11 ކަންތައް ހިމެނެއެވެ.
1 ތަހައްޖުދު ނަމާދުކުރުން
2 ޢިޝާ ނަމާދާ ފަތިސް ނަމާދު ޖަމާޢާތުގައިކުރަން ޚާއްޞަ ސަމާލުކަމެއް ދިނުން
3 ހެނދުނާ ހަވީރުގެ ޛިކުރުތައް ކިޔުން
4 ﷲ ތަޢާލާގެ ކުޅަދުންވަންތަކަމަށް ވިސްނުން، ޤުދްރަތުގެ ފުރިހަމަކަން ބަލައި ވިސްނުން
5 ކޮންމެ ދުވަހަކު ވެސް ދީނުގެ ކޮންމެވެސް ކަމެއް ދަސްކުރުން
6 ގިނަގިނައިން މަރުހަނދާންކުރުން
7 ތިމާ ދުނިޔެއަށް ފޮނުއްވެވުނު ސަބަބާއިމެދު ވިސްނުން
8 ސުންނަތް ރޯދަހިފުން ގިނަކުރުން
9 ކުރާ ކޮންމެ ނަމާދަކީ ތިމާއަށް ކުރަން ފުރުޞަތު ލިބޭ އެންމެ ފަހު ނަމާދަށް ވެދާނެ ކަމަށް ވިސްނައިގެން ކޮންމެ ނަމާދެއްވެސް ކުރުން
10 ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުން، މާނަ ކިޔައި ހިތަށް ވައްދަން މަސައްކަތްކުރުން
11 އީމާންތެރިކަން ކުޑަ މީހުންނާއި ވީހައި ބޮޑަށް ދުރުހެލިވުމާއި ތަޤްވާވެރިންނާއި ގުޅުން ބަދަހިކުރުން
އެކުގައި އުޅެވޭ ބައެއްގެ ސަބަބުން ވެސް އީމާންތެރިކަން ކުޑަވެދާނެއެވެ. ހަމައެކަނި ކުޑަވެދާނެއަކީއެއް ނޫނެވެ! ކުޑަވެއެވެ! ވީމާ އީމާންތެރިކަން އިތުރުކުރަން މަސައްކަތްކުރާއިރު އެންމެ މުހިންމު އެއް ކަމަކީ 11 ވަނައަށް މިބަޔާންކުރި ފަދައިން އީމާންތެރިކަން ކުޑަ މީހުންނާއި ވީހައި ބޮޑަށް ދުރުހެލިވުމާއި ތަޤްވާވެރިންނާއި ގުޅުން ބަދަހިކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން