އެންމެ ފައިދާ ބޮޑު ގޮތަށާ އެންމެ ގެއްލުން ބޮޑު ގޮތަށް ނިދުން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އެންމެ ފައިދާ ބޮޑު ގޮތަށާ އެންމެ ގެއްލުން ބޮޑު ގޮތަށް ނިދުން-: މުފްތީ މެންކް

ރޭގަނޑު ނިދުމުގެ ކުރިން އެކިއެކި ފާފަތައް ކުރަން ދެވިހިފާފައި ތިބި މީހުން ގިނަވަމުން އަންނައިރު މުފްތީ މެންކް ވިދާޅުވެފައިވާ މިބަސްފުޅާއިމެދު ވިސްނާލުން ކީއްހެއްޔެވެ؟ 

"ރޭގަނޑު ނިދުމުގެ ކުރިން މަދުވެގެން 10 މިނިޓް އިރު ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުކުރާށެވެ! ނޫންނަމަ ދީނީ ދަރުސެއް އަޑުއަހައިލާށެވެ! އެ 10 މިނިޓް ތިބާ ފަތިސްނަމާދަށް ހޭލައްވާނެއެވެ! އިޞްލާޙްގެ މަގަށް ތިބާގެ ޢަމަލުތައް ސީދާކުރުވާނެއެވެ! 

ނަމަވެސް ތިބާ 1 މިނިޓް އިރު ބަރަހަނާ މަންޒަރާ ވީޑިއޯ އާ މަންޒަރު ބަލާނަމަ އެކަން ދާނީ ހިތުގައި މޫލައި ހިފަމުންނެވެ. ދާދި އަވަހަށް އެއީ ފަސޭހައިން އުފުރައިނުލެވޭނެ ބޮޑު ބާރަކަށްވެ މުޅި ހިތް ޝައިޠޯނާ އަޅުވެތިކުރުވައި ކަސްތޮޅު އަޅުވާނެއެވެ! 

މީސްތަކުންނޭވެ! މިރެއިން ފެށިގެން ތިބާއަށް ހުރިހާ ގޮތަކުން ފައިދާކުރާނެ 10 މިނިޓުގެ ޑޯޒް ލިބިގަންނަން ފަށާށެވެ! ޙަޔާތަށް ބޮޑެތި ކުއެރުންތައް ލިބެންފަށާނެއެވެ! އިން ޝާ ﷲ"

- މުފްތީ މެންކް

 

މިއަދު އޮންލައިން