އިސްލާމީ ޙިޖާބެއްގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އިސްލާމީ ޙިޖާބެއްގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް-

ތަފާތު ޑިޒައިންތަކަށް ތަފާތު ގޮތްގޮތަށް ފޭރާންލައި ބުރުގާއަޅަމުން ގެންދާއިރު އިސްލާމީ ޙިޖާބަކީ ކޮބައިކަމާއި އަދި އިސްލާމީ ޙިޖާބެއްގައި ހުންނަންޖެހޭ ޝަރުޠުތަކަކީ ކޮބައިކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމުގެ ތަފްޞީލް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

އިސްލާމީ ޙިޖާބު ފުރިހަމަވާނީ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އަދި ހަމަ އެހެންމެ ޙިޖާބުގެ ޙަޤީޤީ މަޤްޞަދު ޙާޞިލްވާނީ މި ޝަރުޠުތައް ފުރިހަމަވުމުންނެވެ. 

1- އޭނާގެ ހަށިގަނޑު އެއްކޮށް ނިވާވާ ހެދުމެކެވެ.

2- ހިލޭ ފިރިހެނުންނަށް ފެންނަހެން ޒީނަތްތެރި ކުރެވިފައިވައިވާ ހެދުމެއްނޫނެވެ. އަދި އެމީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ވިދާ ބަބުޅާގޮތަށް ޖަރީކުރެވިފައިވާ ހެދުމެއްވެސް ނޫނެވެ.

3- ހަށިގަނޑުގެ ވަނާތައް ފެންނަގޮތަށް ހުންނަ، ކަނދޮޅުދުލި ފަދަ ތުނި ހެދުމެއްނޫނެވެ.

4- ހަށިގަނޑުގެ ވަނާތަކުގެ ބައްޓަން ފާޅުވާގޮތަށް ހުންނަ ގަޔަށް ބާރު ހެދުމެއްވެސް ނޫނެވެ.

5- ފިރިހެނުން ލާ ހެދުމާއި ވައްތަރު ހެދުމެއްނޫނެވެ. އަދި ލާދީނީ އުޞޫލުތަކުގެ ހެދުމެއްވެސް ނޫނެވެ.

6- ދެއްކުންތެރިކަމާއި ބޮޑާކަން އެކުލެވިފައިވާ ހެދުމެއްވެސް ނޫނެވެ. މީހުންގެ ސަމާލުކަން ހޯދުމާއި މީހުންގެ ހިތްތައް އޭނާއަށް ލެންބުމަށާއި ވަސްވާސް އުފެއްދުމަށް ލާ ހެދުމެއްވެސް ނޫނެވެ. އެހެނީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.  

"مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللهُ ثَوْبَ مَذِلَّةٍ يَوْمَ القِيَامَةِ"

މާނައި: "ދުނިޔެމަތީގައި ދެއްކުންތެރިކަމުގެ ހެދުން އަޅައިފި މީހާ، ޤިޔާމަތް ދުވަހުން މާތް ﷲ ނިކަމެތިކަމުގެ ހެދުން އަޅުއްވާހުއްޓެވެ." (އަބޫދާއޫދްގެ ކިބައިން ރިޥާވެފައިވާ ޞައްޙަ ޙަދީޘެއް). 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން