ފަތިސްނަމާދަށް ނުހޭލެވުނު މީހާއަށް ހޭލެވުމުން އަވަހަށް ފަތިސްނަމާދުނުކޮށް މެންދުރުނަމާދާ އެއްކުރަން މަޑުކުރުމުން ނަމާދު އެޅި މީހެއްގެ ޙުކުމްގަ އޭނަ ވަދެގެން ދާނީ! ޝައިޚް މުޙައްމަދު އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ފަތިސްނަމާދަށް ނުހޭލެވުނު މީހާއަށް ހޭލެވުމުން އަވަހަށް ފަތިސްނަމާދުނުކޮށް މެންދުރުނަމާދާ އެއްކުރަން މަޑުކުރުމުން ނަމާދު އެޅި މީހެއްގެ ޙުކުމްގަ އޭނަ ވަދެގެން ދާނީ! ޝައިޚް މުޙައްމަދު އިބްރާހީމް

އާދެ، ނަމާދު ނުއޮނާނެ ޤަޟާކުރުމެއް. އެއްވެސް ދަލީލަކުން ޘާބިތުވާކަށް ނެތް ނަމާދު ޤަޟާ ކުރާކަށް. މިހާރު ރޯދަ އެބައޮތް ޤަޟާ ކުރުން. އެކަމަކު ނަމާދު ޤަޟާ ކުރާކަށް އެއްވެސް ޙަދީޘް އެއް އައިސްފައެއް ނެތް. ދެން ނަމާދު ވަޤުތު ފާއިތުވަންދެން ނަމާދު ނުކޮށް ހުންނަން މިއިންނަނީ ޝަރުޢީގޮތުން 2 ޢުޒުރެއް. އެއީ ނިދުމާއި ހަނދާން ނެތުން. މިހާރު ނިދިފަ އޮންނަ މީހާ އޭނަ އެ ހޭލެވޭއިރަށް އަވަހަށް އެނަމާދު ކުރަން އަންގަވާފަ އޮތީ. ހޭލެވޭއިރަށް އަވަހަށް އެނަމާދު ކުރާށޭ، އެއީ އޭނާއަށް އެނަމާދުގެ ވަޤުތޭ އެއީ. އެހެންވީމަ އޭނަ ނުޖެހޭނެ ޤަޟޯއަށް ކުރާކަށް. ހަމަ އެ ނަމާދަށް ނިޔަތް ގަތީމަ އެ ނިމުނީ. ހަމަ ހަނދާން ނެތޭ މީހާވެސް ހަމަ ހަނދާން ވާއިރަށް އެނަމާދަށް އަވަސްވެ ގަންނަންޖެހޭނީ. އޭނާ ހަމަ އެ ނަމާދަށް އޭނަ ނިޔަތް ގަނެފަ ނަމާދު ކުރާނީ، ޤަޟީ އަކަށް ޢަދާއަކަށް ކޮންމެހެން ނިޔަތް ގަންނާކަށް ނުޖެހޭނެ. އެހެންމަ ހަމަ އެނަމާދަށް އޭނަ ނިޔަތް ގަނެފަ އެ ނަމާދު ކުރީމާ، އެ ހޭލެވޭއިރަށް ހަމަ އަވަސްވެގަންނަންޖެހޭނެ ނަމާދަށް. 

މިހާރު ބައެއް މީހުން އެބަތިބޭ މިސާލަކަށް ފަތިސްނަމާދު ވަޤުތު ނުހޭލެވުނީމާ، ދެން މެންދުރު ނަމާދާ އެއްކޮށް ޤަޟާކުރަން!. އެއީ ކޮންފަރާތަކުން އެންގެވިގޮތެއް؟ މެންދުރު ނަމާދުކޮށް ނިމިގެން އެބަތިބޭ ފަތިސް ނަމާދު ކުރަން. ﷲ އަންގަވާފަ މިއޮތީ --- " ނަމާދަކީ މުޢުމިނުންތަކުގެ މައްޗަށް ވަޤުތު ކަނޑައެޅިގެންވާ އަޅުކަމެކެވެ." މެންދުރު ނަމާދުކޮށް ނިމިގެން، އޭނައަށް ވަޤުތު އެއޮތީ ބައިވަރު ލިބިފަ އޭނަ ނަމާދު ކުރަން. ހޭލެވުނީމަ އަވަސްވެގަންނަންޖެހޭނެ ނަމާދަށް، އޭނަ މަޑުކުރާކަށް ނުޖެހޭނެ މެންދުރުނަމާދު  ވާންދެން. މެންދުރުނަމާދު ވާންދެން އޭނަ މަޑުކޮށްފިކަމުގައި ވާނަމަ ނަމާދު އެޅި މީހެއްގެ ޙުކުމްގަ އޭނަ ވަދެގެން ދާނީ.   

އެހެންވީމަ މެންދުރުނަމާދާ ޖެހެންދެން އޭނަ މަޑުކޮށްގެން ނުވާނެ. އޭނަ އަވަސްވެގަންނަންޖެހޭނެ އެނަމާދަށް އަވަހަށް، ފަތިސް ނަމާދަށް ހަމަ ހޭލެވޭއިރަށް. ހޭލެވޭއިރަށް އޭނަ ހަމަ ވުޟޫ ކޮށްލައިގެން އަވަހަށް އެނަމާދު ކޮށްލަން ޖެހޭނީ. އެހެންމަ ޤަޟާއެއް ނޯއްނާނެ. އޭނަ ޖެހޭނީ ހަމަ އެނަމާދަށް ނިޔަތް ގަނެލާފަ އެނަމާދު ކޮށްލަންޖެހޭނީ.

- ޝައިޚް މުޙައްމަދު އިބްރާހީމް 

ޝައިޚް މިފަދައިން ވިދާޅުވެފައިވަނީ މީހަކު " އަޅުގަނޑު ރޭގަނޑު ނުނިދޭތީވެ ނަފްސާނީ ޑޮކްޓަރ ދީފަހުރި ބޭސް ކައިގެން ފަތިސް ނަމާދަށް ނުހޭލެވުނީއެވެ. ހޭލެވުނީ ހެނދުނު 9 ޖަހަން އުޅެނިކޮށްނެވެ. އަޅުގަނޑު ފަތިސްނަމާދު ކުރާއިރު ކުރާނީ ޤަޟާ އަށްތޯ ކުރަންޖެހޭނީ؟" ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.

މިއަދު އޮންލައިން