އަހަރެމެން އީމާންވެގެން މިތިބީ ހުރިހާ ސިފަފުޅުތަކެއް އެންމެ ފުރިހަމައަށް ލިބިވޮޑިގެންވާ ﷲ ތަޢާލާއަށެވެ. އިންސާނުންގެ ކިބައިގައި ހުންނާނެ އުނިސިފަތައް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ.
ވީމާ އެއްވެސް ހެޔޮ ކަމެއް އެންމެ މޮޅަށް ކުރަންފެށުމުގެ ނިޔަތުގައި ކުރަން ނުފަށައި ލަސްނުކުރާށެވެ! ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެ ކަމެއްވެސް އެމީހަކަށް ކުރެވުނު އެންމެ ރަނގަޅަކަށް ކުރަން މަސައްކަތްކުރުމަށެވެ. އަބަދުވެސް ކަންކަން ދަސްކޮށް އެންމެ ފުރިހަމަކުރަން މަސައްކަތްކުރުމަށެވެ!
އެއްވެސް އިންސާނަކީ ހުރިހާ ކަމެއް ފުރިހަމަ މީހެއް ނޫނެވެ! ބައެއް ކަންކަން ފުރިހަމަކަމަށް ޤަބޫލުކުރެވުނު ނަމަވެސް އެއްވެސް އިންސާނެއްގެ ކިބައިގައި ހުރިހާ ގޮތަކުން ފުރިހަމަ އެއްވެސް ސިފައެއް ނުހުންނާނެއެވެ!
ސުވާލަކީ ހެޔޮ އމަލުތައް ކުރުމުގައި ދޭންޖެހޭ ވަރަށް ސަމާލުކަން އެބަ ދެވޭ ހެއްޔެވެ؟ ކުރަނީ އެމީހަކަށް ކުރެވޭ ހަމަ އެންމެ ރަނގަޅަކަށް ހެއްޔެވެ؟ ފަރުވާކުޑަކުރަން ބިރުވެތިވާށެވެ! އަހަރެމެންނަށް އަމަލުކުރެވޭ ގޮތާއި ހިތުގައިވާ ކަންކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ!
--މުފްތީ މެންކްގެ ދަރުސަކުން