ޝައިޠޯނާއަށް އިންސާނުންގެ ބަލިފައި އެނގޭތީ ޙަމަލާދޭނީ އެމީހެއްގެ ބަލިފައަށެވެ. ޙަމަލާތަކުން ސަލާމަތްވެ ހުރެވޭނެ މަގު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޝައިޠޯނާއަށް އިންސާނުންގެ ބަލިފައި އެނގޭތީ ޙަމަލާދޭނީ އެމީހެއްގެ ބަލިފައަށެވެ. ޙަމަލާތަކުން ސަލާމަތްވެ ހުރެވޭނެ މަގު މިއޮތީ!

އަދުގެ ޢާންމު ޙާލަތަށް ބަލާށެވެ. ތަނެއްގައި ހަމަޖެހިލެވޭއިރަށް ވިސްނުމަށް އަންނާނީ ކޮންމެވެސް ނުރަނގަޅުކަމެކެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައި ނުވާކަމެކެވެ. ޝައުޤުވެރިކަން އުފެދި ޢަމަލުކުރަން މމަސައްކަތްކުރެވޭނީ ފާފައެކެވެ.

ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް އާޚިރަތް ލިބިގަންނަން މަސައްކަތްކުރަން ސަމާލުކަން ދެވޭނީ ވަރަށް މަދު މީހަކަށެވެ. މިބަޔާންކުރަނީ އެކަން އެގޮތަށް މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ.

ޝައިޠޯނާ އަބަދުވެސް ހިފާނީ މީހުންގެ ބަލިފައިގައެވެ. މީހުންގެ ބަލިފައި ދެނެގަތުމުގެ ބާރު ﷲ ތަޢާލާ ވަނީ އިބިލީހަށް ދެއްވަވައިފައެވެ. އަދި އެބާރު ޝައިޠޯނާއަށް ދެއްވެވިކަމާއި އެކަމަށް ރައްކައުތެރިވުމަށްވެސް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ.

މިސާލަކަށް ބުނާނަމަ ތިބާއީ ރީތި އަންހެންކުދިންނަށް ލޯބިކުރާ މީހަކު ނަމަ ނަމާދަށް ހުންނައިރު ހަނދާންކޮށްދޭނީ އަންހެންކުދިންގެ މަތިންނެވެ. ފައިސާއަށް ދަތިވެފައި ހުރިނަމަ ފައިސާ ލިބޭނެ ގޮތްތައް ވިސްނައިދޭނެއެވެ!

ހަމައެއާއިއެކު ތިބާއަކީ މަސްތުވުމަށް ލޯބިކުރާ މީހަކު ނަމަ ތިބާ ބާރތަކަށް ވައްދުވާނެއެވެ. ޖުވާކުޅޭހިތްވާ މީހަކު ނަމަ އެކަމަށް ޝައުޤުވެރިކުރުވާނެއެވެ!

ކޮންމެއަކަސް އަހަރެމެންނަށް ޝައިޠޯނާގެ ކިބައިން ސަލާމަތްވެވޭނީ އަހަރެމެންގެ ބަލިފައިތައް ނައްތާލައި ދީނުގައި ފުރިހަމައަށް ސާބިތުވެގެންނެވެ. ދީނުގައި ސާބިތުވުމަށް އެންމެ މުހިންމީ ދީނާއި ދުރުހެލި މީހުންނާއިއެކުގައި ނުއުޅުމެވެ.

ދީނާއި ދުރުހެލި މީހުންނާއިއެކުގައި އުޅުމަކީ އަދި އެމީހުންނަށް ތާއީދުކުރުމަކީވެސް ވަރަށް ނުބައިކަމެކެވެ. ވަރަށް ބިރުހުރި ކަމެކެވެ. އެހެނީ ޤިޔާމަތް ދުވަހު މީސްތަކުން މަޙްޝަރު ކުރައްވަވާނީ އެމީހަކު ތާއީދުކޮށް އެބައަކާއިއެކުގައި އުޅުނު މީހުންނާއިއެކުގައެވެ. އެބާވަތުގެ ފާފަތައް ކުރި މީހުންނާއިއެކުގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން