ފާޙިޝްޢަމަލުކުރާ ތަންތަނުގެ ނަން ބޯޑު ތިބާއަށްދޭ ވަރުގަދަ އިންޒާރު އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ފާޙިޝްޢަމަލުކުރާ ތަންތަނުގެ ނަން ބޯޑު ތިބާއަށްދޭ ވަރުގަދަ އިންޒާރު އެނގޭތަ؟

ނަރަކައިން ލިބޭނެ ގަދަފަދަ ޢަޛާބުގެ ވާހަކަ އޮޅުންފިލުވަން ގިނަބައަކު އުޅެއެވެ. އެއީ އެކަންކަން އެނގި އެމީހުންގެ ހިތުގައި ނަރަކައާއިމެދު ބިރުވެތިކަން އުފެއްދުމަށެވެ. އެގޮތުން ބަލައިފިނަމަ އެއީ ކުރަން ވަރަށް ރަނގަޅުވެސް ކަމެކެވެ.

ތިރީގައިވާ ލިޔުމުގައި އެވަނީ ނަރަކައިގެ އަލިފާނުގެ ހޫނުމިން ބަޔާންކުރައްވައި ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ. ފާޙިޝް އަމަލުތައް ކުރުމަކީ ނަރަކައަށް ވެއްޓިގަންނަންޖެހޭ ކަމެއްކަންވެސް އެވަނީ ބަޔާންކުރައްވައިފައެވެ. ސަލާމަތްކަން ލިބިގަތުން އޮތީ އެމީހަކު އެކަންކަމަށް ބިރުވެތިވީވަރަކުންނެވެ.

ބެންކޮކް ފަދަ ބައެއް ތަންތަނުގައި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރާކަން އިޝްތިހާރުކުރުމުގެ ގޮތުން ބޭރުގައި 69 ޖަހާފައި ހުރެއެވެ. އެމީހުން 69 މާނަކުރަނީ އަންހެނަކަށާއި ފިރިހެނަކަށް ކަމުގައި ބުނާ އަޑު އަހަމެވެ.

 

އެކަމުގައި އަހަރެންގެ ވިސްނުން މުޅިން ތަފާތެވެ. އަހަރެންގެ ވިސްނުމުގައި އެމީހުންނަށް އެބުނެވެނީ މިތަނަށް ވަނުމުން އޭސީގެ ފިނިކަމާއި މަސްތުކުރުވާ ބުއިންތަކާއި ފާހިޝް އަމަލުތައް ކުރެވޭނެ މަގުތައް ފަހިވާނެއެވެ! ނަމަވެސް އެއިން ހަމަ ކޮންމެ ކަމަކީވެސް ޤިޔާމަތް ދުވަހު 69 އިންސައްތަ އިތުރަށް ހޫނުވެގެން ތިބާ އާއި ބައްދަލުކުރާނެ ނަރަކައިގެ އަލިފާނެވެ!

ބަލަންވީ ނަރަކައިގަ ހޫނު މިން ހުންނާނެ ވަރެއް ނޫނެވެ! ނަރަކައިގެ ހޫނުން އަރާ އާވިން އެތިކޮޅެއް (ޛައްރެއްގެ މިންވަރު) ފަޅި ސިކުންތަކަށް ބީހިލިނަމަވެސް އެވަރުގެ ގަދަ ހޫނެއް ދުވަހަކުވެސް އިޙްޞާޞް ނުކުރެވޭކަން އެމީހަކަށް ޤަބޫލުކުރެވޭނެއެވެ! ވީއިރު ނަރަކައިގެ ހޫނުމިން ބަލައިގެން ކުރަން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

ނަރަކައިގެ އަލިފާނުގެ ހޫނުމިން ބަލަން ތިއަވަރަށް ބޭނުން ނަމަ ފުރަތަމަ ކަމަކަށް ދުނިޔޭގައި މިގެންގުޅޭ އަލިފާންޣަޑެއްގެ ތެރެއަށް އެރިލަބަލާށެވެ! ނޫނީ އަލިފާންގަނޑެއްގައި ބީހިލައިބަލާށެވެ! ނޫނީ އަނގުރުކޮޅެއް ފައިތިލަދަށުގައި ލައިގެން ކެތްކޮށްލަބަލާށެވެ!

އެއިރުން ވެސް ތިއަ ތަޖުރިބާ ކުރެވޭ ހޫނަކީ ނަރަކައިގެ އަލިފާނަށްވުރެ 69 އިންސައްތަ ފިނިކުރެވިފައިވާ އަލިފާނެކެވެ. ވީމާ ވަޒަންކޮށްލަންވީ ފާފަތައް ކުރުމުން ތިމާ އަމިއްލައަށް ވެއްޓި މިގަންނަނީ ދުނިޔޭގައި ތަޖުރިބާކުރަންޖެހޭ އަލިފާނަށްވުރެ 70 އިންސަތަ އިތުރަށް ހޫނު ގަދަ އަލިފާނަކާއި ކަމެވެ.

ދުނިޔޭގައި ގެންގުޅޭ އަލިފާން ނަރަކައިގެ އަލިފާނަށްވުރެ 69 އިންސައްތަ ފިނިކުރެވިފައިވާ ވާހަކަ ބުނީމެއް ނޫންހެއްޔެވެ؟ އެވާހަކައާއި މިވާހަކަ އާއި ގުޅުވާލައިގެން ޢިބްރަތް ޙާޞިލުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން